ހުރާ ސްކޫލުން އެސް.އެސް.ސީ އިސްލާމް ސްޓަޑީ ކޭމްޕެއް ކުރިއަށް ގެންގޮސްފި

1 ޖެނުއަރީ 2022ން ފެށިގެން 3 ޖެނުއަރީ 2022 އަށް ހުރާ ސްކޫލުން އެސް،އެސް.ސީ އިސްލާމް ސްޓަޑީ ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ. މި ކޭމްޕަކީ 3 ދުވަހުގެ މުއްދަތަށް ހިންގުނު ކޭމްޕެކެވެ. މުޅި ޖުމްލަ 24 ގަޑިއިރުގެ 12 ސެޝަން ހިމެނޭ މި ކޭމްޕަގައި ކިޔަވައި ދެއްވީ ޅ.ނައިފަރު މަދްރަސަތުލް އިފްތިތާހްގެ އިސްލާމް މުދައްރިސް، އަލީ ހަނޫން ހުސައިން (ހަނޫން ސަރ)އެވެ.

ހަނޫން ސަރ ދަރިވަރުންނާއިއެކު އިސްލާމް ކޭމްޕްގައި ކިޔަވާ ދެއްވަނީ. ފޮޓޯ: ހުރާ ސްކޫލް

ހުރާ ސްކޫލުގެ ގްރޭޑް 9 އަދި 10ގެ ދަރިވަރުންނަށް ބޭއްވުނު މި ކޭމްޕްގައި އެ ސްކޫލުގެ 23 ދަރިވަރުން ބައިވެރިވެފައިވެއެވެ. މި ކޭމްޕުގައި ފިލާވަޅުތަކުން ތަފާތު މަސައްކަތްތައް ކުރުމުގެ އިތުރުން ފިލާވަޅުތަކާއި ގުޅުން ހުރި ތަފާތު ކުޅިވަރުތަކާއި އެނޫންވެސް ތަފާތު ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ. މި ކޭމްޕްއާއިމެދު ދަރިވަރުން ދީފައިވާ ފީޑްބެކްއަށް ބަލާއިރު މިއީ މިހާތަނަށް ހިންގުނު އެންމެ ޝައުގުވެރި، ފޫހިކަމެއްނެތި "ކިޔަވާ ހިތުން ކިޔެވުނު" ކޭމްޕެއް ކަމުގައި ދަރިވަރުން ބުނެފައިވާކަމަށް އެ ސްކޫލުން ބުނެއެވެ.

ހަނޫން ސަރ ދަރިވަރުންނާއިއެކު މެންދުރުގެ ކެއުން އިންސާފުކޮށްދެއްވަނީ. ފޮޓޯ: ހުރާ ސްކޫލު

މި ކޭމްޕު ހިންގަވައިދެއްވި ކަމަށްޓަކައި ސްކޫލުގެ މެނޭޖްމަންޓްގެ ފަރާތުން ޅ.ނައިފަރު މަދްރަސަތުލް އިފްތިތާހްގެ އިސްލާމް މުދައްރިސަށް ވަނީ ޝުކުރު އަދާކޮށްފައެވެ.

ހުރާ ސްކޫލުގެ މެނޭޖްމަންޓާއި އިސްލާމް މުދައްރިސާއި ބެލެނިވެރިން ބެހެއްޓެވި ގާތްކަމާއި ދެއްވި މެހެމާންދާރީއަށް އިސްލާމް މުދައްރިސް، އަލީ ހަނޫން ހުސައިންވެސް ވަނީ ޝުކުރު އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *