އެމެރިކާގައި ފުރާވަރު އުމުރުގެ ކުދިންނަށް ބޫސްޓަރ ޑޯޒް ޖެހުމަށް ހުއްދަދީފި

ކޮވިޑް ވެކްސިން ޖަހަނީ؛- ފޮޓޯ: ގެޓީ އިމޭޖަސް

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން، 12 އަހަރާއި 15 އަހަރުގެ ކުދިންނަށް ފައިޒާ ވެކްސިންގެ ތިން ވަނަ ޑޯޒް ޖެހުމަށް ހުއްދަ ދީފިއެވެ.

ތިން ވަނަ ޑޯޒް ނުވަތަ ބޫސްޓަރ ޑޯޒް ދިނުމަށް އެފްޑީއޭއިން ހުއްދަ ދިނީ، އެމެރިކާގައި ކޮވިޑް-19 ގެ އައު ވޭރިއަންޓް، އޮމިކްރޯން، ހަލުވިކަމާއެކު ފެތުރެމުންދިޔުމާ ގުޅިގެންނެވެ. ވެކްސިންޖަހާފައިވާ މީހުންނަށް މި ވޭރިއެންޓްގެ ސަބަބުން އެހާ ބޮޑު ވަރު ނުވިނަމަވެސް، މި ބަލީގައި ކުޑަކުދިން އެޑްމިޓް ކުރާވަރު ދަނީ އިތުރުވަމުންނެވެ.

13 އަހަރުގެ ބޭރު ކުއްޖަކަށް ވެކްސިންދިނުމުގެ ތެރެއިން؛-

މީގެ އިތުރުން، ދިފާއީ ނިޒާމު ބަލިކަށި، ފަސް އަހަރާއި 11 އަހަރުގެ ކުދިންނަށްވެސް، ތިން ވަނަ ޑޯޒް ޖެހުމަށް އެ ޤައުމުގެ އެފްޑީއޭއިން ވަނީ ހުއްދަ ދީފައެވެ.

މީގެ ކުރިން ފައިޒާ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ފަހު ބޫސްޓަރ ޑޯޒް ޖެހުމަށް ކަނޑައެޅިފައިވަނީ ހަ މަސްދުވަހަށް ފަހުއެވެ. ނަމަވެސް، އައު ވޭރިއެންޓް ފެތުރި، ވިންޓަރ ބްރޭކަށް ފަހު ސްކޫލް ހުޅުވުމާ ގުޅިގެން، ހަ މަސްދުވަހުގެ މުއްދަތު ވަނީ ފަސް މަސް ދުވަހުގެ މުއްދަތަށް އަވަސްކޮށްފައެވެ.

އެމެރިކާގެ ސްކޫލް ކުދިން ޕެންޑެމިކުގެ ތެރޭގައި ސްކޫލުގައި ކިޔަވަމުންދާ މަންޒަރު؛-

އެމެރިކާގައި ދެ ޑޯޒް ހަމަކޮށްފައިވާ މީހުންގެ އަދަދަކީ 204 މިލިއަންއެވެ.  އެއީ ނިސްބަތުން 62 އިންސައްތައެވެ. މީގެ ތެރެއިން ގާތްގަނޑަކަށް 21 އިންސައްތަށް މީހުންވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *