ދިވެހިރާއްޖޭގެ ކޮލެޖްތަކާއި ޔުނިވަރސިޓީތަކުގެ ދަރިވަރުންނަށް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ޔޫއެންޑީޕީގެ އެހީގައި އީ ލަބްރަރީގެ ހިދުމަތް ދޭން ފަށައިފިއެވެ.
ޖޭސްޓޯ ސަބްސްކްރިޕްޝަން ސެޓްފިކެޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ އެ މިނިސްޓްރީގައި ރަޖިސްޓްރީކޮށް ހިންގަމުންދާ 14 ކޮލެޖްއާއި އަދި ޔުނިވަރސިޓީއަކަށް ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހިމް ހަސަން ވަނީ ހާމަ ކުރައްވާފައެވެ. އެ މިނިސްޓްރީން ބުނާ ގޮތުގައި ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ޖޭސްޓޯ ލައިބްރަރީގެ ހިދުމަތެވެ. މި ޖޭސްޓޯގެ ލައިބްރަރީން އެކި ޑިސިޕްލިންތަކުން 12 މިލިއަނަށްވުރެ ގިނަ އެކަޑަމިކް ޖާނަލް އާޓިކަލްތަކާއި ފޮތް ކިޔުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި މަތީ ތައުލީމާއި ތަމްރީންދޭ ތަންތަނުން ފޯރުކޮށްދޭ ސެޓްފިކޭޝަން މިއަހަރު އަލަށް ތައާރަފުކުރި ޕޯޓަލް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ވަނީ އިފްތިތާހު ކޮށްދެއްވާފައެވެ. މި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ހަޔާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މިފަދަ ލައިބްރަރީއެއްގެ ހިދުމަތް ދަރިވަރުންނަށާއި ލެކްޗަރާއިންނަށް ލިބުން މިއީ މުހިއްމު ކަމެއްކަމަށެވެ. އަދި މިކަމުގެ ސަބަބުން ދަރިވަރުންގެ ކިޔެވުމަށް އިތުރު ކުރިއެރުމާއި ހަރުދަނާކަމެއް ލިބިގެންދާނެ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު އިތުރަށް ވާހަކަ ދައްކަވަމުން ވިދާޅުވީ ކިޔަވައި ދޭ ތަންތަނަކީ އެއް އާއިލާއެއްކަމާއި އެއް ބައެއްގެ ގޮތުގައި ގުޅިގެން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ. މިކަމުގެ ސަބަބުން މުޖުމައަށް ރަނގަޅު އަސަރެއް ކުރާނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި ތައާރަފް ކުރެވުނު ޕޯޓަލް މެދުވެރިކޮށް މިނިސްޓްރީގެ ތަފާސް ހިސާބު ހޯދޭނެ ގޮތް މަގުފަހިވުމުން މިނިސްޓްރީއަށް ބޭނުންވާ ތަފާސް ހިސާބު ހޯދަން ފަސޭހަވާނެކަމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓްރީން މަތީ ތައުލީމާއި ގުޅޭ ކަންކަމުގައި ހަދާ އުސޫލުތަށް ހެދުމުގައި މި މައުލޫމާތުގެ ބޭނުންވެސް ކުރެވި އަދި ހަރުދަނާ އުސޫލުތައްވެސް ހެދިގެންދާނެކަން މިނިސްޓަރ ވަނީ ފާހަގަ ކުރައްވަފައެވެ.
advertisment
ހިޔާލު