މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) ހދ. ކުޅުދުއްފުށީ ކެމްޕަސް އަދި ގދ ތިނަދޫ ކެމްޕަހަށް މެނޭޖަރުން އައްޔަންކޮށްފިއެވެ.
އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި މި ދެ ކެމްޕަހަށް އައްޔަނުކޮފައިވާ މެނޭޖަރުންނަކީ:
ކުޅުދުއްފުށީ ކެމްޕަސްގެ މެނޭޖަރަކަށް ޑރ. މުހައްމަދު އުމަރު
ތިނަދޫ ކެމްޕަސްގެ މެނޭޖަރަކަށް މުހައްމަދު ޝަމީމް އާދަމް އެވެ.


ތިނަދޫ ކެމްޕަހުގެ މެނޭޖަރުކަމަށް އައްޔަން ކޮށްފައިވާ މުހައްމަދު ޝަމީމް އާދަމްއަކީ ތިނަދޫ ކެމްޕަހުގެ މެނޭޖަރުކަމުގެ މަގާމުގައި 2012 އިން ފެށިގެންވެސް މަސައްކަތް ކުރައްވާފައިވާ ބޭފުޅާއެވެ. އަދި އެމްއެންޔޫގެ ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ލެކްޗަރާއެއް ގޮތުގައި މިއަދާ ހަމައަށްވެސް ކިޔަވައިދެއްވަމުން ގެންދަވައެވެ.
ކުޅުދުއްފުށީ ކެމްޕަސްގެ މެނޭޖަރ ޑރ. މުހައްމަދު އުމަރަކީވެސް ފެކަލްޓީ އޮފް އެޑިއުކޭޝަންގެ ސީނިއަރ ލެކްޗަރާއެއްގެ ގޮތުގައި ކިޔާވައިދެއްވަމުން ގެންދަވާ ބޭފުޅެކެވެ.
މި ބޭފުޅުންނަށް މަގާމުގެ ލިޔުން ހަވާލުކޮށް ދައްވީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ މުހައްމަދު ޝަރީފްއެވެ.
ގައުމީ ޔުނިވަރސިޓީގެ ކެމްޕަސްތަކުގެ މެނޭޖަރުން އައްޔަން ކުރަނީ ފަސް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
ދާދި ފަހުން އެމްއެންޔޫގެ ޓީމްތަކުން ވަނީ ފަހި ޕްރޮގްރާމްގެ ނަމުގައި އަތޮޅުތަކަށް ދަތުރުކޮށް އެމްއެންޔޫ ތަޢާރަފްކުރުމަށާއި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކޯސްތަކުގެ މަޢުލޫމާތުވެސް ދީފައެވެ. އެގޮތުން މި ދެ ކެމްޕަސް ހިމެނޭ އަތޮޅުތަކުގެ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް މަޢުލޫމާތު ދިނުމާއި ކެރިއަރ ގައިޑެންސް ސެޝަންތަކެއްވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ފެބްރުއަރީ 2022ގެ އިންޓޭކަށް އަމާޒުކޮށް ހިންގި ޕްރޮގްރާމް ކާމިޔާބުކަމާއެކު ވަނީ ނިންމާލާފައެވެ.
advertisment
ހިޔާލު