ތ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް އެސްއެސްސީ ދިވެހި މާއްދާގެ މައުލޫމާތުދީފި

ތ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންނަށް އެސްއެސްސީ ދިވެހި މާއްދާގެ މައުލޫމާތުދީފިއެވެ.

މިއީ އެސްއެސްސީ އިމްތިހާނަށް ތ. އަތޮޅު ސްކޫލްގެ ދަރިވަރުން ތައްޔާރުކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

އެ ސްކޫލުގެ ދަރިވަރުންނަށް މި މާއްދާއާއި ގުޅޭ ގޮތުން އިމްތިހާނުގައި ސަމާލުކަން ދޭންވީ ކަންތައްތަކުގެ މަޢުލޫމާތު ހިއްސާކޮށްދެއްވީ ރެހެންދި ސްކޫލުގެ ދިވެހި މުދައްރިސް އަހްމަދު އަލީއެވެ.

އެ ސްކޫލުން ވަނީ، މިއީ ސްކޫލްގެ ގްރޭޑް 10ގެ ދަރިވަރުންނަށް ވަރަށް ހާއްސަ އިމްތިހާނަކަށްވެފައި ރެހެންދި ސްކޫލުގެ ދިވެހި މުދައްރިސް އަހުމަދު އަލީ އެ ރަށަށް ވަޑައިގެން ދަރިވަރުންނާއިއެކު ހޭދަކޮށްދެއްވި އަގުހުރި ވަގުތާއި، ހިއްސާކޮށްދެއްވި ގިނަގުނަ މައުލޫމާތާއި، އަދި ދަސްކޮށްދެއްވި އަގުހުރި ފިލާވަޅުތަކުގެ އަގު ވަޒަންކޮށް ޝުކުރު އަދާކޮށްފައެވެ.

ތ. އަތޮޅު ތައުލީމީ މަރުކަޒަކީ އަބަދުވެސް ދަރިވަރުންގެ ކިޔެވުމަށް ވަރަށް ބޮޑު ސަމާލުކަންދޭ  ސްކޫލެކެވެ. އަހަރަކަށްވުރެ އަހަރެއް އޯލެވެލް ނަތީޖާ ރަނގަޅުކުރަމުން އަންނަ އެ ސްކޫލަކީ ކޮންމެ އަހަރަކުވެސް އޯލެވެލް އިމްތިހާނަށް ދުރާލާ ތައްޔާރުވާ ސްކޫލެކެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *