ޤާނޫނީ ދިވެހި އަދަބިއްޔާތުގެ ކޯހެއް ވިލާ ކޮލެޖުން ފަށަނީ

ވިލާ ކޮލެޖްގެ ދަސްވެނިވުން2021؛- ފޮޓޯ: ވިލާ ކޮލެޖް

ވިލާ ކޮލެޖުން ޤާނޫނީ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް ޙާއްޞަކޮށް، ޤާނޫނީ ދިވެހި އަދަބިއްޔާތު ކޯހެއްފަށަން ނިންމައިފިއެވެ.

އެ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯއިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޯސް މި މަހު 21ގައި ފެށުމަށް ވަނީ ނިންމާފައެވެ.

މި ކޯސް ކުރިއަށް ދާނީ ހަފްތާ ބަންދު ދުވަސްތަކުގައި ހަތަރު ހަފްތާގެ މުއްދަތަކަށެވެ.

ޤާނޫނީ ދިވެހި އަދަބިއްޔާތު ކޯހުގެ ބޭނުމަކީ ޤާނޫނީ ދާއިރާއިން ކުރިއަށްދާން ބޭނުންވާ ދަރިވަރުންގެ ޤާނޫނީ ފަންނު ކުރިއެރުވުމެވެ. މި ކޯހުގައި ދިވެހިބަހުގެ ޤަވާޢިދު، ވާހަކަދެއްކުންތެރިކަން، ބަހުސްކުރުން، ޤާނޫނީ ލިޔުންތައް ތައްޔާރު ކުރުމާއެކު ޝަރުޢީ ކޯޓުތަކުގެ ޤަވާޢިދުތަކާއި އުޞޫލުތަކަށް އަހުލުވެރިކުރުން ހިމެނެއެވެ.

ވިލާ ކޮލެޖުގެ ދަސްވެނިމުމުގެ ތެރެއިން؛- ފޮޓޯ: ވިލާ ކޮލެޖް

މި ކޯސް އަމާޒުވަނީ ފެކަލްޓީގައި ކިޔަވާ ދަރިވަރުންނާއި، ފެކަލްޓީގައި ކިޔަވަމުންދާ އިސް ދަރިވަރުން އަދި އާއްމުންގެ ތެރެއިން ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށެވެ.

ޤާނޫނީ ދިވެހި އަދަބިއްޔާތު ކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން މި މަހު 18ގެ ކުރިން ރެޖިސްޓަރ ވާންޖެހެއެވެ. ވިލާ ކޮލެޖް ޕޭޖުގެ ޕޯސްޓަރގައި އިން ކިއުއާރް ކޯޑު ސްކޭން ކޮށްލުމުން މި ކޯހުގައި ރެޖިސްޓަރ ވެވޭނެއެވެ.

އަދި ކޯސް ކާމިޔާބުކަމާއެކީ ނިންމާލާ ދަރިވަރުންނަށް، ކޯހުގެ މުއްދަތު އަދި ކިޔެވުނު ބައިތައް އެނގޭނެގޮތަށް ސެޓްފިކެޓެއް ދެވޭނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *