ޗާޓަރޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި 150 ސްކޮލަޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 20 ހަމަވާނެއެވެ.
މި ސްކޮލަޝިޕަށް ކުރިމަތިލުމުގެ ޝަރުތަކީ، ފުރަތަމަ ޑިގްރީ އަދި މާސްޓަރސް ފެންވަރުގެ ސަނަދު ޙާސިލު ކޮށްފައިވުމެވެ. މީގެ އިތުރުން ޕަބްލިކް ސެކްޓަރގެ ސްލޮޓަށް ހުށަހަޅާނަމަ ވަޒީފާ އަދާކުރިކަމުގެ ލިޔުމެއް ހުށަހަޅަންޖެހޭނެއެވެ.
މި ސްކޮލަޝިޕްގެ ދަށުން ފުރުސަތު ލިބިއްޖެނަމަ، 3 މަސް ދުވަހުގެ ތެރޭގައި ކިޔަވަން ފަށަންވާނެއެވެ. މި މުއްދަތު ތެރޭގައި ކިޔަވަން ނުފަށައިފިނަމަ، އެ ފުރުސަތު ގެއްލިގެންދާނެކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިންވަނީ އަންގާފައެވެ.
މި ފުރުސަތުތައް ހުޅުވާލުމުގެ މައިގަނޑު އެއް މަގުސަދަކީ ދިވެހިން މި ދާއިރާއަށް ޝައުގުވެރިކޮށް ތަރައްގީކުރުންކަމަށް އެމިނިސްޓްރީއިން ވަނީ ބުނެފައެވެ.
މި ސްކޮލަރޝިޕްގެ 100 ފުރުސަތު ޕްރައިވެޓް ސެކްޓަރއަށް ހާއްސަކޮށްފައިވާއިރު ބާކީ 50 ފުރުސަތު ހާއްސަކޮށްފައިވަނީ ޕަބްލިކް ސެކްޓަރއަށެވެ.
މި ސްކޮލަޝިޕްއަށް ކުރިމަތިލުމަށް އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv/ ޕޯޓަލް މެދުވެރިކޮށްށެވެ.
advertisment
ހިޔާލު