އެމްއެންޔޫގެ އަންހެން ވޮލީ ޓީމްއަށް ކުދިން ހޮވުމަށް ފަރިތަކުރުންތައް ފަށައިފި

ގައުމީ ޔުނިވަރސިޓީން އެ ޔުނިވަރސިޓީގެ އަންހެން ވޮލީ ޓީމްއަށް ކުޅުންތެރިން ހޮވުމަށް ފަރިތަކުރުންތައް ފަށައިފިއެވެ.

މި ފަރިތަކުރުންތައް ފަށާފައިވަނީ އަންހެންޓީމްގެ ކޯޗު ސަފްވާންގެ އިރުޝާދުގެ ދަށުންނެވެ. މިއީ މިއަހަރު ޔުނިވަރސިޓީގައި ބޭއްވޭ އެކިއެކި މުބާރާތްތަކަށް ކުދިން ހޮވުމަށްޓަކައި ކުރިއަށް ގެންދާ ފަރިތަކުރުންތަކެކެވެ. ހޮނިހިރު ދުވަހު ފެށި މިފަރިތަކުރުންތައް ކުރިއަށްދަނީ އެމްއެންޔޫގެ ޕީއީ ހޯލްގައެވެ. މި ފަރިތަކުރުންތަކުގައި ބައިވެރިވާން ބޭނުންވާ ކުދިން އެމްއެންއެސްޔޫގެ ނައިބު ރައީސް ސުއައިދު ޔޫނުސްއަށް ގުޅުމަށް އެމްއެންއެސްޔޫއިން އެދެއެވެ.

އެމްއެންޔޫގެ ފިރިހެން ވޮލީ ޓީމްގެ ފަރިތަކުރުންތައްވެސް ވަރަށް އަވަހަށް ފަށަން ނިންމާފައިވާއިރު އަދި އައު އިންޓޭކްއާއިއެކު ޔުނިވަރސިޓީއަށް އަލަށް ގުޅޭ ކުދިންނަށްވެސް މި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެމްއެންޔޫ ސްޓޫޑަންޑް ޔުނިއަންގެ ނައިބު ރައީސް ސުއައިދު ވިދާޅުވީ މިހާރު ހަމައެކަނި ފަރިތަކުރުންތައް ފަށާފައި ވަނީ މާލޭގައި ތިބި ކުދިންނަށް އެކަނި ކަމަށެވެ. އަދި އަންނަމަހު 6 ގެ ފަހުން އިތުރަށް މުބާރާތްތަކުގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ވަނީ އެ ފުރުސަތު ހުޅުވާލާފައެވެ.

މި ފަރިތަކުރުންތަކުގެ ތެރެއިން އެކުވެރިކަމުގެ މެޗުތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މި އަހަރުގެ ނިޔަލަށް މި ފަރިތަކުރުންތައް ކުރިއަށްދާނެކަމަށް ނައިބު ރައީސް ސުއައިދު ވަނީ ވިދާޅުވެފައެވެ. ކޮންމެ އަހަރަކުވެސް އެމްއެންޔޫގެ ސްޓޫޑަންޓް ޔުނިއަންގެ ފަރާތުން އެ ޔުނިވަރސިޓީގެ ދަރިވަރުންގެ މެދުގައި ގިނަ މުބާރާތްތަކެއް އަންނަނީ ބާއްވަމުންނެވެ.  އަހަރުތެރޭގައި ހިންގޭ މުބާރާތްތަކުގައި އެކިއެކި ކޮލެޖްތަކާއި ވާދަކޮށް ގިނަ ކާމިޔާބީތަކެއްވެސް އެމްއެންޔޫއިން އަންނަނީ ހޯދަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *