މި އަހަރުގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު މެޕްސް ކޮލެޖުން ހުޅުވާލައިފި

މެޕްސް ކޮލެޖުގެ ދަސްވެނިމުމުގެ ޖަލްސާ؛- ފޮޓޯ: މެޕްސް ކޮލެޖް

މެޕްސް ކޮލެޖުން ޖެނުއަރީ/ފެބްރުއަރީގެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ހުޅުވާލާފައިވަނީ މާސްޓަރސް ޑިގްރީއަށް ކިޔެވުމަށް ހަމަޖެހިފައިވާ ކޯސްތަކެވެ. މި ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވް ކޮށްފައިވާ ކޯސްތަކެކެވެ.

މި ކޯސްތަކަށް ކުރިމަތިލުމަށް ހުޅުވައިލެވިފައިވަނީ ދެ ތާރީޚެއްގެ ނިޔަލަށެވެ. ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝިއަރގެ ކޮލިފިކޭޝަންސަށް ވަންނަން ބޭނުންވާ ދަރިވަރުން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 9 ޖެނުވަރީގެ ނިޔަލަށެވެ. އަދި މެޕްސް ކޮލެޖުގެ ކޮލިފިކޭޝަންސަށް ކިޔަވަން ބޭނުންވާ ދަރިވަރުން ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ 5 ފެބްރުއަރީގެ ނިޔަލަށެވ

މި ކޮލެޖުން 8 ކޯހެއް ހުޅުވައިލެވިފައިވާއިރު،  ބިޒްނަސް، ހިއުމަން ރިސޯސަސް، އައިޓީ އަދި ޕްރޮޖެކްޓް މެނޭޖްމެންޓް ހިމެނެއެވެ. މީގެ އިތުރުން، ޕްރޮކިޔުމެންޓް، ލޮޖިސްޓިކް އެންޑް ސަޕްލައި ޗެއިން މެނޭޖްމެންޓް، އެކައުންޓިން، މާކެޓިންގ އަދި ޓޫރިޒަމްގެ ދާއިރާގެ ކޯސްތައްވެސް ހިމެނެއެވެ.

މި ކޯސްތައް އޮންލައިންކޮށް ނުވަތަ ފޭސް ޓު ފޭސްކޮށް ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލައިފައެވެ.

1999 ގައި ފެށި މެޕްސް އިންސްޓިޓިއުޓްއަކީ 2011 ވަނަ އަހަރު ކޮލެޖުގެ ހައިސިއްޔަތުކަން ލިބި، ތަފާތު ދާއިރާތަކަށް ކިޔަވައިދެމުން އަންނަ ތަނެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *