މުހްޔިއްދީން ސްކޫލްގެ އަހަރީ ސްކައުޓް ކޭމްޕް ބާއްވައިފި

މުހްޔިއްދީން ސްކޫލްގެ އަހަރީ ސްކައުޓް ކޭމްޕް ބާއްވައިފިއެވެ.

މިދިޔަ ޑިސެންބަރު މަހުގެ 23 އިން 30 ވަނަ ދުވަހުގެ ނިޔަލަށް ހއ ފިއްލަދޫގައި ކުރިއަށްގެންދިޔަ މި ކޭމްޕްގައި މުހްޔިއްދީން ސްކޫލްގެ 31 ސްކައުޓުންނާއި ފިއްލަދޫ ސްކޫލްގެ 19 ސްކައުޓުން ބައިވެރިވިއެވެ.

މި ކޭމްޕްގައި ތަފާތު ހަރަކާތްތައް ކުރިއަށްގެންގޮސްފައިވާއިރު،، ސްނޯކްލް ކުރުމާއި، ކެޕްޓަން ޕެންޓަލްސް ޓްރެޒާ ހަންޓާއި، ވޯޓަރ ޕޯލޯ، ސްކައުޓް އޮލިމްޕިކްސް ފަދަ ހަރަކާތްތައް ހިމެނެއެވެ.

މި ކޭމްޕްގައި ބައިވެރިވި ސްކައުޓުން ވަނީ  އެ ސަރަހައްދުގެ ސަގާފީ ތަންތަން ބަލާލަން ޒިޔާރަތްކޮށްފައެވެ. އެ ގޮތުން އުތީމު ގަނޑުވަރަށާއި ހއ ބާރަށުގައި ހުންނަ އާސާރީ ތަންތަން ބަލާލަން ޒިޔާރަތްކޮށްފައިވެއެވެ.

މި ކޭމްޕްގައި ވަނީ އެ ރަށުގެ ބައެއް އިޖްތިމާއީ މަސައްކަތްތަކުގައިވެސް ބައިވެރިވެފައެވެ. އެ ގޮތުން އެ ރަށުގެ ގޮނޑުދޮށް ސާފުކޮށްފައިވާއިރު މުޙްޔިއްދީން ސްކޫލްގެ ސްކައުޓުންވަނީ ފިއްލަދޫ ސްކޫލަށް ފޮތްވެސް ހަދިޔާ ކޮށްފައެވެ. އަދި ފަރުތަކާއި މުރަކައާއި ގުޅޭ ޕްރެޒެންޓޭޝަނެއްވެސް އެ ސްކޫލްގެ ދަރިވަރުންނަށް ވަނީ ދީފައެވެ.

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ ސްކައުޓް ލީޑަރ ސަފާތު ވިދާޅުވީ މި ކޭމްޕް މިހާ ފުރިހަމަކޮށް ނިންމާލެވުނީ ފިއްލަދޫ ކައިންސިލްއާއި ދިއްދޫ ޕޮލިސް ސްޓޭޝަންގެ ފުރިހަމަ އެއްބާރުލުމާއެކުގައިކަމަށެވެ.  އަދި ހާއްސަކޮށް ކައުންސިލް މެމްބަރު މުހައްމަދު، ކައުންސިލް ރައީސްއާއި ނައިބު ރައީސް ރަޒީފުއާއި ފިއްލަދޫ ޔޫތު ސެންޓަރުގެ އަބްދުﷲ ނާސިފުގެ އެހީތެރިކަން ލިބިގެން ދިޔަކަން ސްކޫލުންވަނީ ފާހަގަކޮށްފައެވެ.

އަދި ކުރިއަށް އޮތްތަނުގައިވެސް ސްކައުޓް އެނުއަލް ކޭމްޕެއް މި އަށްވުރެ ފުރިހަމައަށް ބޭއްވުމަށް މަސައްކަތްކުރާނެ ކަމަށްވެސް  އެ ސްކޫލުން މައުލޫމާތު ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *