ފިލިޕީންސްގައި ހާލުގައި ޖެހުނު ދިވެހި ދަރިވަރުންނަށް އައިއޭސީން ފައިސާގެ އެހީ ދީފި

ހާލުގައި ޖެހުނު ދަރިވަރުންނަށް އައިއޭސީން ދިން އެހީ ހަވާލުކުރަނީ. ފޮޓޯ: އައިއޭސީ

ފިލިޕީންސްގައި ހާލުގައި ޖެހުނު 33 ދަރިވަރުންނަށް އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން ފައިސާގެ އެހީ ތެރިކަން ފޯރުކޮށްދީފިއެވެ.

އައިއޭސީން ބުނީ މި އެހީ ފޯރުކޮށްދީފައިވަނީ ތޫފާން "ރާއި" ގެ ސަބަބުން ފިލިޕީންސްގައި ހާލުގައި ޖެހުނު ދަރިވަރުންގެ ކަންތައްތައް އެ ދަރިވަރުންގެ ކިބައިން ކަށަވަރުކޮށް ބެލުމަށް ފަހުގައިކަމަށެވެ.

އެ ތޫފާނުގައި ޕައިލެޓްކަން ކިޔަވަމުންދިޔަ އެ ދަރިވަރުން ތިބޭތަނުގެ ސީލިންގތައް ހަލާކުވެ، ވެއްޓި، ފެނާއި ކަރަންޓް ނެތްއިރު، ކެއުމަށް ބޭނުން ކުރަމުންދަނީ ހަމައެކަނި ލުއި ކާނާއާއި ދަޅު ކާނާކަމަށް އައިއޭސީން ބުނެއެވެ. އައިސީން އެ ދަރިވަރުންނާ ގުޅޭގޮތްވިއިރު އެ ދަރިވަރުންނަށް އެއްވެސް އެހީތެރިކަމެއް ފޯރާފައި ނުވާކަންވެސް އައިއޭސީން ފާހަގަކުރެއެވެ.

ދަރިވަރުން އެންމެ ފުރަތަމަ ބޭނުންވީ ކަރަންޓު ލިބޭނެގޮތް ފަހިކުރުމަށް ޖަނަރޭޓަރަކާއި ފެނާއި ކާބޯތަކެއްޗެވެ.

ދަރިވަރުންގެ ހާލަތާއި ބޭނުމަށް ރިޢާޔަތްކޮށް އައިއޭސީން ވަނީ ދަރިވަރުންނަށް އެންމެ ބޭނުންތެރިވާނީ ފައިސާގެ އެހީތެރިކަންކަމަށްވާތީ 22 ދަރިވަރުން ތެރެއިން ކޮންމެ ދަރިވަރަކަށް 200 ޔޫއެސް ޑޮލަރު ދިނުމަށް ނިންމާ އެ ފައިސާ އެ ދަރިވަރުންނާ ހަވާލުކޮށްފައެވެ. ކުއްޔާއި، ކާބޯތަކެއްޗާއި އަދި އެހެނިހެން ޒަރޫރީ ސާމާނު ހޯދުމަށް ލުޔެއް ހޯދައިދިނުމުގެ ބޭނުމުގައި ވެދިން މި އެހީ ހަވާލުކޮށްފައިވަނީ މިމަހުގެ 23ގައެވެ.

އައިއޭސީން ބުނީމި 22 ދަރިވަރުންގެ އިތުރުން ތޫފާންގެ އަސަރުކޮށްފައިވާ ފިލިޕީންސްގެ އެހެން ސަރަހައްދު ތަކުގައިވާ ދިވެހި ދަރިވަރުންގެ ހާލަތުވެސް ފަހުން ދެނެގަނެވުނުކަމަށާއި އެ 22 ދަރިވަރުންގެ އިތުރުން ދެން ތިބި ދަރިވަރުންނާއިއެކު ޖުމްލަ 33 ދަރިވަރުންނަށްވެސް އެހީ ފޯރުކޮށްދިނުމަށް ނިންމިކަމަށެވެ. އެހެންކަމުން ކޮންމެ ދަރިވަރަކަށްވެސް 200 ޔޫއެސް ޑޮލަރު މިހާރު ދީފައިވާކަން އައިއޭސީން ފާހަގަކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *