ފެތުމުގެ ޤައުމީ ރެކޯރޑެއް ސީއެޗްއެސްއީގެ ޢާން މުގުރާލައިފި

50 މީޓަރުގެ ޝޯރޓް ޗޯރސް ގެ އިވެންޓުގައި ޤައުމީ ރިކޯރޑް އައުކުރި މުޙައްމަދު ޢާން ޙުސައިން؛- ފޮޓޯ: ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް

އަބޫދާބީގައި މިހާރު ކުރިއަށްދާ 15 ވަނަ ފިނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ސީއެޗްއެސްއީ މުޙައްމަދު ޢާން ޙުސައިން، ޤައުމީ ރިކޯޑެއް މުގުރާލައިފިއެވެ.

ޢާން މި ރެކޯޑް މުގުރާލީ ފިރިހެންކުދިންގެ ކެޓެގަރީން 50 މީޓަރުގެ ފްރީސްޓައިލް އިވެންޓުންނެވެ. މީގެ ކުރިން މި ރިކޯޑް އޮތީ ރާއްޖޭގެ ފެތުންތެރިޔާ ނިޝްވާން އިބްރާހިމްގެ އަތުގައެވެ.

2016 ވަނަ އަހަރު ބޭއްވުނު 13 ވަނަ ފިނާ ވޯރލްޑް ޗެމްޕިއަންޝިޕްސްގައި ނިޝްވާން އިބްރާހީމް އިވެންޓް ފުރިހަމަކޮށްފައި ވަނީ 00.25.73 އިންނެވެ. މިފަހަރު ޢާން ޤައުމީ ރިކޯރޑް އައުކޮށްފައިވަނީ 00.25.00 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ފިނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްއަކީ ފިނާ ކިޔާ ބައިނަލްއަޤްވާމީ ފެޑެރޭޝަނަކުން އިންތިޒާމުކޮށް ދުނިޔޭގެ އެންމެ މޮޅު ފެތުންތެރިންނާއެކު ބޭއްވޭ މުބާރާތެކެވެ. މި މުބާރާތް ބޭއްވިގެންދިޔައީ އަބޫ ދާބީގެ އެތިހަދް އެރީނާގައެވެ. މުބާރާތުގެ އިތުރުން، އެކުއަޓިކް ފެސްޓިވަލެއްވެސް ބޭއްވިއެވެ. މި ފެސްޓިވަލުގައި ފިނާގެ ތިން ވައްތަރެއް ދައްކުވައިދިނެވެ. އެއިީ ޑައިވިންގ، ހައި ޑައިވިންގ އަދި  އޯޕެން ވޯޓަރ ޑައިވިންގއެވެ.

ޔުނައިޓެޑް ޢަރަބި އެމިރޭޓްސްގެ އަބޫ ދާބީގައި ބޭއްވިފައިވާ މި މުބާރާތް ކުރިއަށްގެންގޮސްފައިވަނީ މި މަހުގެ 16 ން 21 އަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *