ބ.ތުޅާދޫ ސްކޫލުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
އެ ސްކޫލާއި އެ ރަށު ޕޮލިސް ސްޓޭޝަން ގުޅިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި, ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގައި ހަރަކާތްތެރިވަނީ ފުލުހުންނެވެ.
21 ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ޕްރޮގްރާމުގައި, ތަފާތު ކަންތައްތައް އުނގަންނައިދިނުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން, ފެތުމުގެ އެކި އެކި ހުނަރުތަކާއި, ކަސްރަތުގެ ހަރަކާތްތަކާއި އަދި މޫދަށް އެރި އުޅުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ މަޢުލޫމާތު ދިނުން ހިމެނެއެވެ.

ތުޅާދޫ ސްކޫލުގެ އެކި ގްރޭޑުތަކުން ޖުމްލަ 41 ދަރިވަރުންނާއެކު ފެށި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ގްރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ދުވަހަކު ހެނދުނު ދެ ސެޝަން ނަގަން ހަމަޖެހިފައިވާއިރު, މެންދުރު ފަހު ސެޝަނެއް ނަގައިދިނުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.
advertisment
ހިޔާލު