ކ އަތޮޅު ސްކޫލުގައި ޕްލާންޓް އެކްސްޕޯއެއް ބާއްވައިފި

ކ އަތޮޅު ސްކޫލުގައި ޕްލާންޓް އެކްސްޕޯއެއް ބާއްވައިފިއެވެ.

މިއީ އެސުކޫލުގެ ގްރޭޑް 5 ގެ ދަރިވަރުން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. މި ހަރަކާތް ކުރިއަށް ދިޔައީ އެސުކޫލުގެ ގޯތިތެރޭގައެވެ. މިއެކްސްޕޯގައި އެކުދިން އެކި އެކި ސެކްޝަންތަކަށް ޒިޔާރަތްކޮށް މައުލޫމާތުވަނީ ހޯދާފައެވެ. އެ ގޮތުން އެކޯސިސްޓަމްއާއި ބެހޭ ގޮތުންނާއި ގަސްގަހާއި ގެއްސާއި، އަދި ގަސް ހައްދަން ކުރިއަށް ގެންދާ މަރުހަލާތަކާއި ގުޅޭ ގޮތުން ވަނީ މައުލޫމާތު ހޯދާފައެވެ. އަދި ދަނޑުވެރިކަން ކުރާނެ ގޮތްތަކާއ،ި މާބަގީޗާއެއް ބަލަހައްޓާނެ ގޮތްތަކާއި އަދި އެއްލާލާ ތަކެތި ބޭނުންކޮށްގެން އެދަރިވަރުން ވަނީ ގަސް މުއްޓާއި މަސްޓޭންކާއި ،ގްރީން ހައުސްފަދަ ތަކެތި ހަދާފައެވެ. މިއީ ހަރަކާތެއްގެ ތެރެއިން އެކުދިންނަށް އުގެނުމުގެ ފުރުސަތު ހޯދައި ދިނުމަށް ސްކޫލުން ކުރިއަށްް ގެންދެވުނު ހަރަކާތެކެވެ.

ކ އަތޮޅު ސުކޫލުގެ ދަރިވަރުން ޕްލާންޓް އެކްސްޕޯގައި : ފޮޓޯ ކ އަތޮޅު ސްކޫލް

ދަރިވަރުން މި ހަރަކާތުގައި ދަސްކުރި ކަންތައްތަކުގެ ތެރޭގައި އެކި ކަހަލަ ގަސްކާނާ ހަދާނެ ގޮތްތައް ހިމެނެއެވެ. އަދި ބަގީޗާއެއްގައި ބޭނުން ކުރާ ބައެއްް އާލާތްތަކާއި ގަސްގަހަށް ފެން ދިނުމަށް ބޭނުންކުރާ ބައެއް ފެނުގެ ސިސްޓަމް ހަދާނެ ގޮތްތައް ވަނީ ދަސްކޮށްފައެވެ. މި ހަރަކާތުގައި ދަރިވަރުންް އަމިއްލައަށް ހަދާފަ ދައްކާލި ތަކެތީގެ ތެރޭގައި ތަފާތު ގަސްގަހުގެ މުލާއި، ގުދުރަތީ ގަސް ކާނާ ހަދާ ގޮތާއި ،ބިންގަނޑު ކަނޑައިގެންދާ ގޮތްތަކާއި އަދި ގަހުގެ ޓިޝޫއާއި ގަސްގަހަށް ލިބިދާނެ ގެއްލުންތައް ފެންނަ އެކި އެކި އެކްސްޕެރިމެންޓްތައް ހިމެނެއެވެ.

މި ހަރަކާތަށް ގްރޭޑް 5 ގެ ޓީޗަރުންނާއި ބެލެނިވެރިން އަދި ސުކޫލްގެ ސީނިއަރ މެނޭޖްމަންޓްގެ ފަރާތުން ވަރަށްް ބޮޑު އެއްބާރުލުމަކާއި ތަރުހީބެއް ލިބިފައިވާ ކަމަށް ސްކޫލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *