އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ގޯ ގްރީން ހަރަކާތުގައި ބައިވެރިވެއްޖެ

އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގެ އެންވަޔަރަންމަންޓް ކުލަބުގެ ދަރިވަރުންނާއި އެ ސްކޫލުގެ ސާނަވީ އަދި މަތީ ސާނަވީ ގެ ދަރިވަރުން ކްލީން މޯލްޑިވްސްގެ ފަރާތުން ބޭއްވި ގަސްއިންދުމުގެ ޕްރޮގްރާމެއްގައި ބައިވެރިވެއްޖެއެވެ.

މި ޕްރޮގްރާމްގައި އެޗްޑީސީއަށް ވަނީ 3500 ގަސް ހަދިޔާ ކޮށްފައެވެ. އޭގެ ތެރެއިން 1000 ގަސް ވަނީ ހުޅުމާލޭ ދެވަނަ ފޭސްގައި އިންދާފައެވެ.

ގޯގްރީން އިވެންޓްގައި އަހުމަދިއްޔާ ސްކޫލުގެ ދަރިވަރުން : ފޮޓޯ އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލު

މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެންވަޔަރަންމަންޓް މިނިސްޓަރ އާމިނަތު ޝައުނާއެވެ. ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި އޮތް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝައުނާ ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށް ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތު ކަމެއް ދެއްވާ ކަމަށެވެ. އަދި މީގެ 17 އަހަރު ކުރިން ރާއްޖެއަށް އެރި ސުނާމީގެ ސަބަބުން މިއީ މުހިއްމު ކަމެއް ކަމަށާއި އެއިރު އެކުރެވުނު އިހްސާސްއާއި ތަޖުރިބާތަކަކީ މިރާއްޖޭގެ ތިމާވެއްޓަށް މުހިއްމު ކަމެއް ކަމަށާއި އެއީ ރާއްޖޭގެ ރަށްތަކުގެ ނާޒުކުކަމުގެ ސަބަބުންކަމަށް ވިދާޅުވިއެވެ.  މިނިސްޓަރ ވިދާޅުވީ މިފަދަ މައްސަލަތަށް ދިމާވަނީ ދުނިޔޭގެ މޫސުމަށް އަންނަ އެކިއެކި ބަދަލުތަކުގެ ސަބަބުން ކަމަށެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރު ކުޑަ ކުރުމަށްޓަކައި ގަސް އިންދުމަކީ މިކަމުގެ ހައްލެއް ކަމަށެވެ.

ގޯގްރީން އިވެންޓް ޝަރަފްވެރިކޮށްދެއްވައި މިނިސްޓަރ ޝައުނާ ގަހެއް އިންދަވަނީ . ފޮޓޯ: އެޗްޑީސީ

މިހަރަކާތުގައި ބައިވެރިވި ސްކޫލްތަކުގެ ތެރޭގައި އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލާއި، ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލާއި، ވިލާ ކޮލެޖް ހިމެނެއެވެ. މީގެ އިތުރުން ތިމާވެށީގެ އެކިއެކި ޖަމްޢިއްޔާތަކުންވެސް ވަނީ ބައިވެރިވެފައެވެ. ދެވަނަ ފޭސްގައި އިންދާފައިވާ ގަސްތަކުގެ ތެރޭގައި މަގޫ ގަހާއި ހިރުދުގަހާއި ދިއްގާ ގަހުގެ އިތުރުން ކިނބިގަސް ހިމެނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *