އަންނަ އަހަރު ޕަލާއުގައި "އަވަރ އޯޝިއަން"ގެ ނަމުގައިި ބޭއްވުމަށް ހަމަޖެހިފައިވާ ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާތީ، މި ކޮންފަރެންސްގައި ބައިވެއިވެރިވާން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ދިވެހި ސަރުކާރުން ހުޅުވާލައިފިއެވެ. މިއީ ސަރުކާރުގެ ފަރާތުން ހުރިހާ ހަރަދެއް ކުރުމަށް ހަމަޖެހިފައިވާ ސްކޮލަޝިޕެކެވެ.
ޔޫތް މިނިސްޓްރީން ބުނީ ކޮންފަރެންސްގައި ބައިވެރިވާ ފަރާތްތަކަށް ޕަލާއުގެ ދެކޮޅު ޓިކެޓާއި 13 އިން 20 ފެބްރުއަރީއަށް ޕަލާއުގައި ހުރުމުގެ އިންތިޒާމުތައް މިނިސްޓްރީގެ ހަރަދުގައި ހަމަޖައްސައިދެވޭނެއެވެ. މިއީ ތިމާވެށި ހިމާޔަތް ކުރުމާއ،ި މި ދާއިރާއިން ކުރިއަށް ދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޚާއްސަ ފުރުސަތެކެވެ.
މިއީ ތަރައްޤީވަމުން އަންނަ ކުޑަ ޖަޒީރާ ޤައުމަކުން މި ކޮންފަރެންސް ބާއްވާ ފުރަތަމަ ފަހަރެވެ.
ޕަލާއުގައި އަންނަ ފެބްރުއަރީމަހުގެ 16 އަދި 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސް ވެގެންދާނީ ކަނޑުތަކުގެ ރައްކާތެރިކަމަށް ހަރުދަނާ އަދި މުހިންމު ފިޔަވަޅުތަކެއް އެޅުމަށް ޤައުމުތަކާއި، މަދަނީ މުޖުތަމަޢުއާއި، ޞިނާޢަތްތަކާއި، ޒުވާނުން ޢަޒުމް ކަނޑައެޅުމަށް ލިބިގެންދާ މުހިންމު ފުރުޞަތަކެއްކަންވެސް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން މިއީ ރާއްޖެފަދަ ވަށައިގެން ކަނޑު އޮންނަ ގައުމަކުން ބައިވެރިވުން މުހިންމު ކޮންފަރެންސްއެކެވެ.
މި ސްކޮލަޝިޕްގައި ބައިވެރިވުމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ފަރާތަކަށްވުމާއި ކަނޑުގެ ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، މޫސުމާއި އަދި ލާމަރުކަޒީ ނިޒާމް ކުރިއެރުވުމަށާއި ކަނޑު ތަޣައްޔަރު ކުރާ މައްސަލަތައް ހައްލުކުރުމާއި މޫސުމާއި ކަނޑުގެ ކާރިސާތަކުން އަރައިގަތުމަށް މަސައްކަތްކުރުން އަދި ނޫ އިގްތިސާދު ދެމެހެއްޓުމަށް މަސައްކަތްކުރުން އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރިއެރުވުމުގެ އިތުރުން ކަނޑުގެ ރައްކާތެރިކަން ޙާސިލްކުރުމަށް ރަނގަޅު އަސަރެއްކުރާފަދަ މަސައްކަތެއް ކޮށްފައިވުން ހިމެނެއެވެ.
މި ސްކޮލަރޝިޕާ ގުޅޭގޮތުން އިތުރު މަޢުލޫމާތު އަދި އޮންލައިން އެޕްލިކޭޝަން ފޯމް https://www.oneyoungworld.com/scholarships/our-oceans/2022 މި ލިންކް މެދުވެރިކޮށް ލިބެންހުންނާނެއެވެ.
މި ސްކޮލާޝިޕަށް އޮންލައިންކޮށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީޚަކީ 1 ޖެނުއަރީ 2022 އެވެ.
advertisment
ހިޔާލު