ދިޔަމިގިލީ ސްކޫލުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

މަޢުލޫމާތު ދިނުމުގެ ސެޝަންގެ ތެރެއިން. ފޮޓޯ: ޕޮލިސް

ސްކޫލްތަކުގެ ދަރިވަރުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ފުލުހުން ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ތ. ދިޔަމިގިލީ ސްކޫލްގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

ޒިންމާގެ ނަމުގައި މަޑިފުށި ޕޮލިހާއި ދިޔަމިގިލި ސްކޫލް ގުޅިގެން ކުރިއަށް ގެންދިޔަ އެ ސެޝަންގައި މައުލޫމާތު ދީފައިވަނީ އެ ސްކޫލްގެ ގްރޭޑް 8 އިން 10 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ.

އެގޮތުން، ދިރިއުޅުމުގެ ހާލަތަށް ދަރިވަރުން ތައްޔާރުކުރުމާ އަދި ތިމާގެ އަމިއްލަ ނަފްސު ޒިިންމާދާރު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ކޮންމެ ދަރިވަރަކީވެސް ފަރުދީ ގޮތުން ޒިންމާއެއް އޮންނަ ދަރިވަރެއްކަމާއި، ހައްގުތަކާއި ޒިންމާއަކީ ކޮބައިކަން ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ. އަދި ދީނީ ގޮތުންނާއި، އިޖުތިމާއީ ގޮތުންނާ އަދި ގާނޫނީ ގޮތުން ދަރިވަރުންގެ ޒިންމާތަކާއި ހައްގުތަކަކީ ކޮބައިން ބުނެދީފައިވެއެވެ.

އޭގެއިތުރުން، ވަގުތުގެ މުހިއްމުކަމާއި، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފާނެގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާއިރު ދިރިއުޅުމުގައި ރަނގަޅު މަގު ހިޔާރުކުރާނެ ގޮތާއި ނުރަނގަޅު ގޮތްތަކެއް އިހުތިޔާރު ކޮށްފިނަމަ އެކަމުގެ ސަބުން ކުރިމަގުގައި ދިމާވެދާނެ ނޭދެވޭ ކަންކަން ބުނެދީފައިވެއެވެ.

މައުލޫމާތު ދިނުމުގެ އެ ސެޝަންގެ ތެރެއިން، ކުޅިވަރުގެ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *