މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިންް ފުރަތަމަ ފަހަރަށް ފޮތް ލިޔުމަށް ދެވޭ ގްރާންޓް" 14 ފަރާތެއް ހާސިލްކޮށްފިއެވެ. އެމްއެންޔޫއިން ބުނީ ފޮތްތެރިކަން ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި އާލާކޮށް ދިރުވުމަށް، ޔުނިވަރސިޓީން މިއަހަރު އަލަށް ތަޢާރަފު ކުރި "ބުކް ރައިޓިންގ ގްރާންޓްސް"އަށް 23 ފަރާތަކުން ޕްރޮޕޯޒަލް ހުށަހެޅިކަމަށެވެ. އެ ޕްރޮޕޯޒަލްތައް ޔުނިވަރސިޓީގެ ބުކް ރައިޓިންގ ގްރާންޓްސް ކޮމިޓީން ރިވިއު ކުރެއްވުމަށް ފަހު 14 ފަރާތަކަށް އެއް މިލިއަން ސާޅީސް އަށް ހާސް ދުއިސައްތަ ރުފިޔާ ގްރާންޓްގެ ގޮތުގައި ދޭން ނިންމާފައިވާކަމަށް އެ ޔުނިވަރސިޓީން ބުނެއެވެ.
ޔުނިވަރސިޓީގެ ފޮތް ލިޔުމަށް ދެވޭ ގްރާންޓް ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވަނީ ގްރާންޓް ހަވާލުކުުރުމުގެ އިތުރަށް ސަޢުދީގެ "ގުލިސްތާނު " (ފިނިފެންމަލުގެ ބަގީޗާ) ފޮތް ނެރިފައެވެ. މިފޮތަކީ ދުނިޔޭގެ އަދަބިއްޔާތުގެ އެންމެ މަޝްހޫރު ފޮތްތަކުގެ ތެރޭގައި ހިމެނޭ، ފާރިސީ ބަހުން ލިޔެފައިވާ ކުދި، ގިނަ ވާހަކަތަކެއް ޅެންބަހުން އެކުލެވިގެންވާ ފޮތެކެވެ.
މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވާފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. ޙަސަން ހަމީދެވެ. ފޮތް ނެރެދެއްވާ އަދި ގްރާންޓް ހަވާލުކޮށްދެއްވީ، ޖަލްސާގެ ޝަރަފްވެރި މެހެމާން، ތާރީޚީ ޢިލްމަށް ލޯބިކުރައްވާ، އަދި ގިނަ ފޮތްތަކެއް އެކުލަވައިލައްވާފައިވާ ނިޝާން ޢިއްޒުންދީނުގެ ޢިއްޒަތުގެ ވެރިޔާ، ނަސީމާ މުޙައްމަދެވެ.
advertisment
ހިޔާލު