އެމް.އެން.ޔޫ.އެސް.ޔޫއާއި އެމެރިކަން ސެންޓަރ މޯލްޑިވްސް ގުޅިގެން ސާފުކުރުމުގެ ހަރަކާތެއް މާލޭގައި ކުރިއަށްގެންގޮސްފިއެވެ. ސާފުކުރުމުގެ ހަރަކާތް ބާއްވައިފައިވަނީ އިއްޔެ ހަވީރު މާލޭ އާޓިފިޝިއަލް ބީޗް ސަރަހައްދުގައެވެ.
މި ހަރަކާތުގައި ޖުމްލަ 203.8 ކިލޯގެ ކުނި ހޮވާފައިވެއެވެ. އޭގެ ތެރޭގައި ދަނގަޑާއި، ބިއްލޫރިއާއި، ޕްލާސްޓިކުގެ އިތުރުން އާންމު ބާވަތުގެ ކުނި ހިމެނެއެވެ.
އެމް.އެން.ޔޫ ދަރިވަރުންގެ ޔޫނިއަންގެ 30ށް ވުރެ ގިނަ ލީޑަރުންނާއި އެމެރިކަން ސެންޓަރ މޯލްޑިވްސް ގެ މެންބަރުންގެ އިތުރުން ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލްގެ ގިނަ އަދަދެއްގެ ދަރިވަރުން މި ހަރަކާތުގައި ބައިވެރިވެފައިވެއެވެ.
މި ހަރަކާތް ބޭއްވުމުގެ މަގްސަދަކީ ދަރިވަރުންނަކީ ތިމާވެއްޓާ ރަހުމަތްތެރި، އެއްބައިވަންތަ ބައެއް ކަމުގައި ހެދުމެވެ. މިފަދަ ހަރަކާތްތައް މީގެ ކުރިން ވެސް ވާނީ މާލޭ ސިޓީއާއި އަތޮޅުތެރޭގެ ރަށްރަށުގައިވެސް ކުރިއަށް ގެންދެވިފައެވެ.
advertisment
ހިޔާލު