ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލައި، ދަރިވަރުންނަށް ޗުއްޓީ ދީފިއެވެ. ދިރާސީ އާ އަހަރު މި އަހަރުގެ އޮގަސްޓް މަހު ފަށާފައިވާއިރު، ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހުއެވެ.

ދިރާސީ އަހަރުގެ ކިޔެވުމަށް ގެނެސްފައިވާ ބަދަލާއެކު އެޕްރީލް މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ހަތް ވަނަ ދުވަހަށް ދެވަނަ ޓާމުގެ މިޓް ބްރޭކް ލިބޭނެއެވެ. ޖޫން 12ން 23އަށް ދެވަނަ ޓާމުގެ ޓެސްޓް ނެގުމަށްފަހު، ސްކޫލްތައް ބޮޑު ޗުއްޓީއަށް ބަންދުކުރާނީ 30 ޖޫން ގައެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނެރެފައިވާ ދިރާސީ ކަލަންޑަރުގައި ބުނާ ގޮތުން ފުރަތަމަ ޓާމުގައި 89 ދުވަހު ކިޔަވާދޭނެއެވެ. އަދި ދެވަނަ ޓާމުގައި 111 ދުވަހާއެކު ދިރާސީ އަހަރު ނިމޭއިރު، 200 ދުވަހު ކިޔަވައިދޭނެއެވެ.
advertisment
ހިޔާލު