މޮޅަދޫ ކައުންސިލްގެ ރައީސްގެ ހަދިޔާ: ކޮންމެ މުދައްރިސަކަށް ކުޑައެއް

ކައުންސިލްގެ ރައީސް، ހަދިޔާއަކަށް ދިން ކުޑަ މޮޅަދޫ ސްކޫލްގެ މުއްރިސުން ނަގައިގެން- ފޮޓޯ: މޮޅަދޫ ސްކޫލް

މުދައްރިސުންގެ ދުވަހާ ގުޅުވައި، އަގުވަޒަން ކުރުމުގެ ގޮތުން މޮޅަދޫ ސްކޫލްގެ ކޮންމެ މުދައްރިސަކާއި ސްޓާފަކަށް ކުޑައެއް، އެރަށު ކައުންސިލްގެ ރައީސް މުޙައްމަދު ސިނާދު ހަދިޔާ ކުރައްވައިފިއެވެ.

މި ހަދިޔާ މުދައްރިސުންނާ ހަވާލު ކުރެއްވުމަށް އިއްޔެ ވަނީ ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައެވެ.

ކައުންސިލްގެ ރައީސް ސިނާދު ވިދާޅުވީ އެއީ މުދައްރިސުން ކުރާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އަމިއްލަ ހައިސިއްޔަތުން ދެއްވީ ހަދިޔާއެއް ކަމަށެވެ. މި ހަދިޔާ އެ ސްކޫލްގެ މުދައްރިސުންނާއި ސްޓާފުން ހިމެނޭހެން 32 ފަރާތަކަށް ލިބިފައިވެއެވެ.

ސިނާނދު، ހަދިޔާ ކުރެއްވި ކުޑަ ޑިޒައިން ކޮށްފައި ވަނީ ސްކޫލްގެ ލޯގާއި ކުލަ، މަޑު ނޫ ކުލަ ބޭނުންކޮށްގެންނެވެ.

" ހަދިޔާއެއް ދޭއިރު، ވިސްނީ ޚަރަދަށްވުރެ ބޮޑަށް އެއިން ހިފޭނެ ބޭނުމަށް" ސިނާދު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ސިނާދު ވިދާޅުވީ، މުދައްރިސުންގެ ދުވަހު ހަދިޔާ ދޭން މަސައްކަތް ކުރެއްވި ނަމަވެސް ކޮވިޑްއާ ގުޅިގެން ރާއްޖެއިން ބޭރުން އެ ހަދިޔާ ގެނައުމުގައި ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

" މުދައްރިސުންގެ ދުވަހަށް ގެނެވޭތޯ ބެލިން. އެކަމަކު ކަންދިމާކުރި ގޮތުން އެ ދުވަހަށް ގެނެވޭގޮތް ނުވީ" ސިނާދު ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *