އެއްބައިވަންތަ ދުވަހާ ގުޅުވައިގެން "ވިލުންވެރި" ނަމުގައި ކުރެހުމާއި ލިޔުމުގެ ފެސްޓިވަލެއް

އެއްބައިވަންތަ ކަމުގެ ދުވަހާ ގުޅުވައިގެން "ވިލުންވެރި" ނަމުގައި ކުރެހުމާއި ލިޔުމުގެ ފެސްޓިވަލެއް ކުޅުދުއްފުށީގައި ބާއްވަން ތައްޔާރު ވެއްޖެއެވެ. މި ފެސްޓިވަލް ބާއް ވަނީ ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި މޯލްޑިވްސް ރެޑްކްރެސެންޓް އަދި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ގުޅިގެންނެވެ. މިއީ މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށާއި ދުނިޔެއަށް އަންނަ ބަދަލުތަކަށް ކުދިންނާއި ބޮޑެތި މީހުން އަހުލުވެރި ކުރުވުމުކަމަށް ކުރިއަށް ގެންދާ މުބާރާތެކެވެ.

އެމްޑީއެމްއޭއިން ބުނިގޮތުގައި މި ދެ މުބާރާތް ވެސް ކުރިއަށް ގެންދަނީ  "ޔުނިޓް ޓު މިޓިގޭޓް އެންޑް ޕްރިޕެއާރ ފޮރ ދަ އިމްޕެކްޓްސް އޮފް ކްލައިމެޓް ޗޭންޖް އެންޑް ޑިޒާސްޓަރ"ގެ ތީމުގެ މައްޗަށް، އުމުރުން 7 އަހަރާއި 25 ދެމެދުގެ އުމުރުގެ ފުރައަށް ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ.

ދެ މުބާރާތުގައި ކުރިއަށް ގެންދާ ކެޓަގަރީ ތަކަކީ:

  • 7 އަހަރާއި 11 އަހަރާ ދެމެދު ( ގުރޫޕް އޭ)
  • 12 އަހަރާއި 16 އަހަރާ ދެމެދު (ގުރޫޕް ބީ)
  • 17 އަހަރާއި 25 އަހަރާ ދެމެދު ( ގުރޫޕް ސީ)

ކުރެހުމުގެ މުބާރާތަށް ހުށަހަޅަން ޖެހޭ ކުރެހުމުގެ ސައިޒަކީ އާދައިގެ ޑްރޯވިން ބްލޮކް ސައިޒެވެ. އޭގައި 4 ފަރާތުގައި 1 އިންޗި ފުޅާ، ހުދުކުލައިގެ ބޯޑަރެއް ހުންނަން ޖެހެއެވެ. ލިއުމުގެ މުބާރާތަށް ހުށަހަޅަން ޖެހެނީ އެފޯ ސައިޒް އެއް ފުށުގައި، ލިޔަން ޖެހެނީ އިނގިރޭސި ބަހުންނެވެ. އަދި ހުށަހަޅާ ލިޔުން އޮންނަން ވާނީ ޓައިމްސް ނިއު ރޯމަން ފޮންޓުގައި ފޮންޓް ސައިޒް 11 އިން ލިޔެފައެވެ. އަދި އެ ލިޔުމުގައި އާދައިގެ ވަރެއްގެ މާޖިންއެއްގައި، ދެ ފޮޅުވަތުގެ ދޭތެރޭގައި 1.15 އިންނަން ޖެހެއެވެ.

މި މުބާރާތުން ހޮވޭ ވަނަތަކަށް އިނާމް ދިނުން އޮންނާނީ މާދަމާ ހަވީރު އަމީރު އަމީން ސްކޫލްގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *