ފަލާހު ޕްރީ ސްކޫލުގެ ފުޓްސަލް މުބާރާތް ފެށިއްޖެ

ފަލާހު ޕްރީ ސްކޫލްގެ ޔޫކޭޖީގެ ދަރިވަރުންގެ ފުޓްސަލް މުބާރާތުގެ ތެރެއިން. ފޮޓޯ: ފަލާހް ޕްރީ ސްކޫލް

ފަލާހު ޕްރީ ސްކޫލްގެ ޔޫކޭޖީ ދަރިވަރުންގެ ފުޓްސަލް މުބާރާތް މިއަދު ފަށަައިފިއެވެ.

ހެންވޭރު ދަަނޑުގައި މިއަދު ހެނދުނުން ފެށިގެން ކުރިއަށްދާ މިމުބާރާތުގައި އެސްކޫލްގެ ޔޫކޭޖީގެ ހުރިހާ ކުލާހެއްގެ ދަރިވަރުން ބައިވެރިވިއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްދާ މިމުބާރާތުގައި ހެނދުނު ދަންފަޅީގައި ފިރިހެން ދަރިވަރުންނަށް މުބާރާތް ކުރިއަށް ގެންދެވުނުއިރު މެންދުރުފަހު ދަންފަޅީގައި ކުރިއަށްދާނީ އަންހެން ކުދިންގެ ފުޓްބޯޅައެވެ. މިއީ އެސްކޫލުން ކޮންމެ އަހަރަކު އެއްފަހަރު ކުރިއަށްގެންދާ މުބާރާތެކެވެ. ކޮންމެ އަހަރަކުވެސް މި މުބާރާތަށް ބެލެނިވެރިންންގެ ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. އެ ސްކޫލުން ބުނާ ގޮތުގައި މި މުބާރާތުގެ މައިގަނޑު މަގްސަދަކީ ދައިވަރުންނަކީ ދުޅަހެޔޮ ހެލި ފެލިވެ އުޅޭ ދަރިވަރުންނަށް ވުމެވެ. އަދި އަބަދުވެސް ދަރިވަރުންނަކީ ސިއްހަތު ރަގަޅު ހަރަކާތްތެރި ކުދިންނަށް ވުމީ އެ ސްކޫލުން އަބަދުވެސް ބޭނުންވާ ކަމެކެވެ.

މި މުބާރާތުގައި 1 ވަނަ 2 ވަނަ އަދި 3 ވަނަ ޓީމް ހޮވާނެއެވެ. އަންހެން ފިރިހެން ވަކިން އެންމެ މޮޅު ކުޅުންތެރިޔާ ހޮވާނެއެވެ. މި ދަރިވަރުންނަށް މެޑެލް ލިބިގެންދާނެއެވެ. މި މުބާރާތް ބައްލަވާލެއްވުމަށްޓަކައި ސުކޫލްގެ އިސްވެރިންނާއި ގިނަ އަދަދެއްގެ ބެލެނިވެރިން ވަނީ ހެންވޭރު ދަނޑަށް ޒިޔާރަތްކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *