ހުޅުމާލޭގެ އިތުރުން، މާލެއިން ވެސް ބިމެއް އަރަބިއްޔާއަށް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓަރު މިރޭ ބުނެފިއެވެ.
އިމާރާތުގެ މައްސަލައަކާހުރެ އަރަބިއްޔާ ސްކޫލްގެ ކުދިން އިއްޒުއްދީން ސްކޫލަށް ވަގުތީ ގޮތުން ބަދަލުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމިނިންމުމަށް އެ ސްކޫލްގެ ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ކަންބޮޑުވުންތަކާ ގުޅޭ ގޮތުން އަރަބިއްޔާ ސްކޫލްގެ ޕިޓީއޭއާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުން ކުރިއަށް ދިޔަ ވަގުތުގައި ވެސް ބެލެނިވެރިން ވަނީ އިހްތިޖާޖު ކޮށްފައެވެ.
އަރަބިއްޔާ ސްކޫލަކީ ދަރިވަރުން ކިޔަވަންދާން ރައްކާތެރި ތަނަކަށް ނުވާތީ، އެ ސްކޫލަށްދާ ދަރިވަރުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމުމުން، ބައެއް ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގެ އެ ނިންމުން ބަލައިނުގަނެ، އެ ސްކޫލަށް ދަރިވަރުން ނޮފޮނުވާނެ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ކިޔެވުން އެންމެ ދުވެހެއްގައި ވެސް މެދުކެނޑެން ބޭނުން ނުވާކަމަށާއި، ހިތްހަމަނުޖެހުނަސް ދަރިވަރުން ސްކޫލަށް ނުފޮނުވުމަކީ ބެލެނިވެރިންނަށް އޮތް ޗޮއިސްއެއް ނޫން ކަމަށެވެ. އަދި އެކަމަނާ ވިދާޅުވީ އެއީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ބަދަލު ކުރަނީ ވަގުތީ ގޮތުން ކަމަށާއި، އެ ސްކޫލްގައި ކިޔަވައިދޭނީ ވެސް ވަކިން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ 700 އެންހާ ދަރިވަރުން މިހާރު ކިޔަވަމުންދާ އަރަބިއްޔާ ސްކޫލަށްވުރެ ޖާގައިގެ ގޮތުން ބޮޑު ޖާގައެއްގައި ސްކޫލެއް އަޅަން މާލެއިން ބިމެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް މި ހަފްތާގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ހުޅުމާލޭގައި އަރަބިއްޔާގެ ސްކޫލެއް އަޅަން 60،000 އަކަފޫޓް ބިމެއް ޚާއްޞަކޮށްފައިވާ ކަމަށެވެ.
އަރަބިއްޔާގެ ސްކޫލްގެ ބެލެނިވެރިންގެ ކަންބޮޑުވުމަކީ އަރަބިއްޔާ ހުރިން ހުރި އިމާރާތުން އިއްޒުއްދީން ސްކޫލް މިހާރު ހިންގާ އިމާރާތަށް ބަދަލުކުރުމުން ދިމާވި މައްސަލަތައް އަލުން ތަކުރާރުވެދާނެ ތީއެވެ. އެދުވަސްވަރު އެ އިމާރާތުގެ އެއްބައިގައި ހިންގަމުން ދިޔައީ މަންދު ކޮލެޖެއެވެ. އެހެންވެ އެ ސްކޫލްގެ ދަރިވަރުން އުޅެމުން ދިޔައީ ވަރަށް ދަތި، ނިކަމެތި ހާލެއްގައި ކަމަށް ބެލެނިވެރިން ބުނެއެވެ. އެ އިމާރާތުގައި ކިޔަވަމުން ދަނިކޮށް، އަރަބިއްޔާ ސްކޫލް މިހާރު ހުރި އިމާރާތަށް ބަދަލުކުރީ ވެސް އެ އިމާރާތުގެ މަސައްކަތް ނުނިމެނީހެވެ. އެހެންވެ ބައެއް ކުލާސްތައް ނަގަން ބޭނުން ކުރަން ޖެހުނީ އަމީނިއްޔާގެ ސްކޫލްގެ ކުލާސްރޫމް ތަކެވެ.
އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ދިހަ އަހަރުނުވަނީސް، ތަނބުތަކުގައި ރެނދުގައި ސްޓްރަކްޗަރަލް މައްސަލަތަކެއް ފެންމަތިވުމުން، އެ އިމާރާތުގެ އެސެސްމެންޓެއް ހެދުމަށް ބަޔަކާ ވަނީ ހަވާލުކޮށްފައެވެ.
advertisment
ހިޔާލު