ކުޅުދުއްފުށީގައި ބޭއްވި ޝާމިލުކުުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުމުގެ ބައްދަލުވުން ނިމިއްޖެ

ކުޅުދުއްފުށީގައި ޝާމިލުކުުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުމުގެ ބައްދަލުވުމުގެ ތެރެއިން.

ކުޅުދުއްފުށީގައި ޝާމިލުކުުރުމުގެ ސިޔާސަތަށް އަހުލުވެރިކުރުމުގެ ބައްދަލުވުން ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މިދިޔަ ބުދަ ދުވަހު ފެށި މި ބައްދަލުވުމުގައި ތިލަދުންމަތީގެ 23 ރަށެއްގެ 25 ސްކޫލެއްގެ 45 މުއައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ސީއީއޯ އަހުމަދު ދާއޫދެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ސީއީއޯ ދާއޫދު ވިދާޅުވީ އެ ސަރަހައްދަކީ އާބާދީގެ ގޮތުން ބޮޑު އާބާދީއެއް އޮންނަ ސަރަހައްދަކަށްވެފައި އެސަރަހައްދުގައި ހާއްސަ އެހީއށްް ބޭނުންވާ ކުދިންގެ އަދަދު ގިނަކަމަށެވެ. ދާއޫދު ވިދާޅުވީ މި ސަރުކާރުން މިފަދަ ކުދިންނަށް ފޯރުކޮށްދޭންޖެހޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރައްވާ ކަމަށާއި ނަމަވެސް ފަހަކާ ޖެހެންދެން މިކުދިންނަށް ފޯރުކޮށްދޭންޖެހޭ އެންމެ އަސާސީ ހިދުމަތްތައް އެންމެ އެކަށީގެންވާ ގޮތެއްގައި އެފަދަ ފަރާތަތަކަށް ފޯރުކޮށްދެވިފައި ނުވާކަމަށެވެ.

މިހާރުވެސް ރަށުފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި މިފަދަ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެކި އެކި ހިދުމަތަށް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދާއޫދު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަފީފުއްދީން ސްކޫލުގެ ޕްރިންސިޕަލް ނާސިހާ އިދުރީސް ވިދާޅުވީ ހުރިހާ ކުދިން ޝާމިލުކޮށްގެން ކިޔަވައިދިނުމުން ވަރަށް ފައިދާކުރާކަށާއި ނަމަވެސް ކުދިން އެކަހެރިކޮށްގެން ކިޔަވައިދިނުމުން އެންމެ އެދެވޭ ނަތީޖާއެއް ނުފެންނަ ކަމަށެވެ. އަދި އިންކުލޫސިވްކޮށް ކިޔައިވައިދިނުމުން ކުދިންނަށް އަންނަ ކުރިއެރުންތައް ސްކޫލުތަކުން ތަޖުރިބާ ކުރަމުންދާ ކަމަށްވެސް ޕްރިންސިޕަލް ނާސިހާ ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ޔުނިސެފްގެ އެހީތެރިކަމާއިއެކު ކުރިއަށްދާ ބައްދަލުވުންތަކެކެވެ. މި ބައްދަލުވުގައި ފެސިލިޓޭޓަރުންގެ ގޮތުގައި ބައިވެރިވެ ވަޑައިގެންނެވީ އިންކުލޫސިވް އެޑިއުކޭޝަންގެ ޓެކްނިކަލް ކޮމެޓީގެ ޗެއަރ އަބްދުﷲ ރަޝީދާއި ޑިޕާޓްމަންޓް އޮފް އިންކުލޫސިވް އެޑިއުކޭޝަންގެ ބޭފުޅުންގެ އިތުރުން އިމާދުއްދީންގެ އިންކުލޫސިވް އެޑިއުކޭޝަންގެ ބޭފުޅަކާއި އައްޑޫ ސިޓީ މަރަދޫ ސްކޫލުގެ އިންކުލޫސިވް އެޑިއުކޭޝަންގެ ބޭފުޅެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *