އެމްއެންޔޫގެ ޓީމްތަކެއް އަތޮޅުތަކުގެ ސްކޫލުތަކަށް

އެމްއެންޔޫގެ 15 ޓީމެއް މިމަހުގެ 21ގެ ނިޔަލަަށް އަތޮޅުތަކުގެ ސްކޫލުތަކުގައި ހަރަކާތްތެރިވާން ހަމަޖެހިފައިވޭ. ފޮޓޯ: އެމްއެންޔޫ

ފަހި އެމްއެންޔޫ ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް ޤައުމީ ޔުނިވަރސިޓީގެ ޓީމުތަކެއް އަތޮޅުތަކުގެ ސްކޫލުތަކަށް ޒިޔާރަތްކުރަން ފަށައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ (އެމް.އެން.ޔޫ)ގެ 15 ޓީމެއް މިމަހުގެ 21ގެ ނިޔަލަަށް އަތޮޅުތަކުގެ ސްކޫލުތަކުގައި ހަރަކާތްތެރިވާން ހަމަޖެހިފައިވާއިރު އަތޮޅުތަކުގެ 69 ސްކޫލަށް ޒިޔާރަތްކުރާނެއެވެ. މި ޒިޔާރަތުގައި  ގްރޭޑް 8 ން މަތީގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ދިނުމުގެ އިތުރުން ދަރިވަރުންނަށް ސްޓަޑީ ސްކިލްސް އަދި ޓީޗަރުންނަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސެޝަންސް ހިންގުމާއި ބެލެނިވެރިންނާއި ރަށުގެ މުޖުތަމަޢު އަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވާކަމަށް އެމްއެންޔޫއިން ބުނެއެވެ. އަދި ޓީމްތަކުން ޒިޔާރަތްކުރާ ކޮންމެ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ކޮމިޓީއާއި ބައްދަލުކޮށް އެމް.އެން.ޔޫއާ ގުޅިގެން އިތުރަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން މަޝްވަރާ ކުރާނެއެވެ.

ނ. ކުޑަފަރީ ސްކޫލުގެ ދަރިވަރުން. ފޮޓޯ:އެމްއެންޔޫ

މިދިޔަ ނޮވެމްބަރު 02 ވީ އަންގާރަ ދުވަހު ޔުނިވަރސިޓީގެ މައިމަރުކަޒުގައި ފެށި ފަހި އެމް.އެން.ޔޫ ޕްރޮގްރާމްގެ މަޤްޞަދަކީ ޕަބްލިކަށް އަދި ޚާއްޞަކޮށް މާދަމާގެ ލީޑަރުން ކަމުގައިވާ ސްކޫލްތަކުގެދަރިވަރުންނަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އެމްއެންޔޫގެ ތަޞައްވަރާއި ޔުނިވަރސިޓީން ދެވޭ ޚިދްމަތްތަކާއި ފުރުޞަތުތަކާއި ހުރި ވަޞީލަތްތަކާއި ދަރިވަރުންނަށް އުފާވެރި މާހައުލެއް ޤާއިމްކޮށް ދޭން ޔުނިވަރސިޓީން ކުރާ މަސައްކަތްތައް ތަޢާރަފްކޮށްދިނުމެވެ. އަދި ސްކޫލް ދަރިވަރުންނަށް ކެރިއަރ ގައިޑަންސް ދިނުމެވެ.

ރ. ހުޅުދުއްފާރު ސްކޫލުގައި އެމްއެންޔޫގެ ޓީމެއް ހަރަކާތްތެރިވަނީ. ފޮޓޯ: އެމްއެންޔޫ

ފަހި އެމްއެންޔޫ ޕްރޮގްރާމަކީ ޔުނިވަރސިޓީގެ ތަޞައްވަރާއި އެއްގޮތަށް ޔުނިވަރސިޓީން ނިކުންނަ ދަރިވަރުންނަކީ ފުޅާ ދާއިރާއެއްގައި ވިސްނާ ސިކުނޑި ހުޅުވިފައިތިބި ބިނާ ކުރުވަނިވި ޚިދުމަތްތެރި، އަނެކުންނާއި ދޭތެރޭ ވިސްނާ، އަމިއްލަ އަށް އިސްނަގައިގެން ޤައުމު ބިނާ ކުރާނެ ޚިދުމަތަތެރި ދަރިންތަކެއް އުފެއްދުމުގެ އަމާޒުގައި ހިންގާ ޕްރޮގްރާމެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *