ވިމެން އިން މެނޭޖްމަންޓް (ވިމް)ގެ ރާއްޖޭގެ ގޮފި، ވިމެން އިން މެނޭޖްމަންޓް މޯލްޑިވްސް (ވިމްއެމްވީ) އިން ދިވެހި އަންހެނުންނަށް ހާއްސަކޮށްގެން އިންތިޒާމުކުރާ "ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑްސް 2021″ ގެ ތިން އެވޯޑެއް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މުވައްޒަފުން ހާސިލްކޮށްފިއެވެ.
މިއަހަރުގެ އެވޯޑްގައި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ތިން ބޭފުޅަކަށް ވަނީ ގޯލްޑް ކެޓަގަރީއިން އެވޯޑް ލިބިވަޑިގެންފައެވެ. މި އެވޯޑް ލިބިވަޑައިގެންފައިވާ ފަރާތްތަކަކީ:
ލީޑަރޝިޕް އެކްސަލެންސް އިން ދް ޕީލްޑް އޮފް އެޑިއުކޭޝަން، ގޯލްޑް ކެޓަގަރީ- ޑރ.އާއިޝަތު ޝެހެނާޒް އާދަމް – ޑެޕިއުޓީ ވައިސް ޗާންސެލާ (ރިސަރާޗް އެންޑް އެންޓަރޕްރައިޒް)
ކެރިއާ ރޯލް މޮޑެލް އޮފް ދަ އިޔާރ، ގޯލްޑް ކެޓަގަރީ- ޑރ. ޝީޒާ އަލީ – ސްކޫލް އޮފް މެޑިސިންގ (ޑީން)

ލީޑާޝިޕް އެކްސެލެންސް އިންދަ ޕީލްޑް އޮފް މެންޓަލް ހެލްތް، ގޯލްޑް ކެޓަގަރީ- ޑރ. އައިޝާތު ޝަނޫރާ – (ފެކަލްޓީ އޮފް ހެލްތް ސައެންސަސް (ލެކްޗަރަރ)

ވިމްއަކީ އަންހެނުން ބާރުވެރި ކުރުވަން މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ ރާއްޖޭގެ ގޮފި ހުޅުވީ 2017 ސެޕްޓެމްބަރުގައެވެ.
ވިމް އިން އަންނަނީ ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުވުމަށާއި އެކި ކަންކަމަށް އަހުލުވެރި ކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި ގޮތުން މިއީ ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑަ ވިމްއިން ބާއްވާ ހަތަރުވަނަ އަހަރެވެ. ޕްރޮފެޝަނަލް އެންޑް ކެރިއާ ވުމަން އެވޯޑަކީ ރާއްޖޭގެ ޕްރޮފެޝަނަލް އަދި ވަޒީފާގެ ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ކަނބަލުންގެ މަސައްކަތުގެ އަގުވަޒަންކޮށް ހިތްވަރު ދިނުމުގެ ގޮތުން ދޭ އެވޯޑެކެވެ.
އަދި އެ އެވޯޑަކީ ގައުމަށާއި މުޖުތަމައަށް ކޮށްދީފައިވާ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ދޭ ޝުކުރުވެރިކަމުގެ އިނާމެކެވެ.
advertisment
ހިޔާލު