ތަޖުރިބާ ހޯދަން ވިލާ ހައި ސުކޫލްގެ ދަރިވަރުން ކޮކޯ ބޮޑުހިއްޗަށް

ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި ވިލާ އިންޓަނޭޝަނަލް ހައި ސުކޫލްގެ ދަރިވަރުން ކޮކޯ ބޮޑުހިތި ރިސޯޓަށް ދަތުރެއް ކޮށްފިއެވެ.

ވެލްނެސް ޓުއަރިޒަމް އަލްޓިމޭޓް އެސްކޭޕް ޓު ރިލެކްސޭޝަންގެ ނަމުގައި ކުރި މިދަތުރަކީ އެ ސުކޫލުގެ ޓްރެވަލް އެންޑް ޓުއަރިޒަމް ކިޔަވާ ދަރިވަރުން އެކުދިންގެ ފިލާވަޅަކާއި ގުޅޭ މައުލޫމާތު ހޯދަން ކުރި ދަތުރެކެވެ.

ކޮކޯ ރިސޯޓުގެ ޑިޕާޓްމަންޓް ހެޑެއް މައުލޫމާތު ދެނީ / ފޮޓޯ ވީއައެޗްއެސް

އެކުދިންގެ މި ދަތުރުގައި ރިސޯޓުގަ އެކި އެކި ޑިޕާޓްމަންޓްތަކުގައި ކުރާ މަސައްކަތްތަކުގެ މައުލޫމާތު ދިނުމުގެ ސެޝަންތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންތަކުގައި ދަރިވަރުން ކުރި ސުވާލުތަކަށް ރިސޯޓްގެ ފަރާތުން ވަނީ ޖަވާބުދީފައެވެ.

ދަރިވަރުންނަށް ރިސޯޓްގެ މަސައްކަތްތަކާއި ގުޅޭ މައުލޫމާތު ފޯރުކޮށްދެނީ / ފޮޓޯ ވީއައެޗްއެސް

މި ސެޝަންތައް ނިންމާލުމަށްފަހު ރިސޯޓްގެ ޑިޕާޓްމަންޓްތަކުގައި އަމަލީގޮތުން މަސައްކަތްކުރުމުގެ ފުރުޞަތު ވަނީ ދަރިވަރުންނަށް ދީފައެވެ.

ގްރޫޕް ފޮޓޯއަކަށް ހުއްޓިގެން / ފޮޓޯ ވީއައެޗްއެސް

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެ ސުކޫލްގެ ޓްރެވަލް އެންޑް ޓުއަރިޒަމް ޑިޕާޓްމަންޓްގެ ކޯޑިނޭޓަރ ޝިނާނަތު ހާޝިމް ވިދާޅުވީ މި ދަތުރަކީ ޓްރެވަލް އެންޑް ޓުއަރިޒަމްގައި އެސެސްކުރާ ބައެއްގެ މައުލޫމާތު ހޯދައި، ލިބިގަތުމަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށާއި ކުދިންނަށް ކިޔެވުމުގެ ތެރެއިން ތަޖުރިބާކޮށްލަން ލިބުނު މުހިއްމު ފުރުސަތުތެއް ކަމަށެވެ. އަދި މިފަދަ ފުރުސަތުތައް ދަރިވަރުންނަށް ފޯރުކޮށްދިނުމުން މި ދާއިރާއަށް ޝައުގުވެރިވާ ކުދިންގެ އަދަދު މުސްތަގްބަލްގައި އިތުރު ވެގެންދާނެކަމަށް ޝިނާނަތު ފާހަގަކުރެއްވިއެވެ.

ދަރިވަރުން ވީއައިއެޗްއެސްގެ ޕްރިންސިޕަލް ސައީދު އަހުމަދާއެކު / ފޮޓޯ ވީއައިއެޗްއެސް

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *