ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ ދަރިވަރުން "ކުރިމަގު"ގެ އިވެންޓެއް ބާއްވައިފި

ވިލާ އިންޓަނެޝަނަލް ހައި ސްކޫލްގެ ދަރިވަރުން "ކުރިމަގު" މި ނަމުގައި އިވެންޓެއް ބާއްވައިފިއެވެ.

މިއިވެންޓް ބާއްވާފައިވަނީ މި މިދިޔަ ހުކުރުދުވަހު އެ ސްކޫލް ހޯލުގައެވެ.

ކުރިމަގު އިވެންޓްގައި ބައިވެރިވި ވީއައިއެޗްއެސްގެ ދަރިވަރުން. ފޮޓޯ: ވީއައިއެޗްއެސް

މިއީ އެސްކޫލްގެ ޓްރެވަލް އެންޑް ޓުއަރިޒަމް ކިޔަވާ ދަރިވަރުން އެކުދިންގެ ސިލަބަހުގައި އެސެސްމަންޓްއެއްގެ ގޮތުގައި ނިންމަންޖެހޭ އަމަލީ ގޮތުން ދަސްވި ފިލާވަޅުތަކުގައި ހިމެނޭ ތިއަރީބައި ހިމަނައިގެން ކުރިއަށް ގެންދިޔަ އިވެންޓްއެކެވެ. މި އިވެންޓް ކުރިއަށް ގެންދެވުނީ 6 ކުދިން ހިމެނޭ ގުރޫޕްތަކަކަށް ބަހާލައިގެން ކެމްބްރިޖްގެ ގައިޑްލައިންތަކާއި އެއްގޮތަށެވެ.

މިއަހަރުގެ ކުރިއަށް އޮތްތާގައި 7 ގުރޫޕަކުން 42 ދަރިވަރަކު މި އިވެންޓްގައި އަމަލީ މަސައްކަތްތައް ފުރިހަމަ ކުރާނެއެވެ.

ވީއައިއެޗްއެސްގެ ޕްރިންސިޕަލް ސައީދު އަހުމަދު އިވެންޓް ބައްލަވާލައްވަނީ. ފޮޓޯ: ވީއައިއެޗްއެސް

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެސްކޫލްގެ ޓްރެވަލް އެންޑް ޓުއަރިޒަމް ޑިޕާޓްމަންޓްގެ ކޯޑިނޭޓަރ ޝިނާނަތު ހާޝިމް ވިދާޅުވީ މި އިވެންޓަކީ ސްޓޭކް ހޯލްޑަރސް ބައިވެރިކޮށްގެން ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި ގުޅޭ މައުލޫމާތު ދިނުމަށް އެ ސްކޫލްގެ އެއް ގުރޫޕްއަކުން އިންތިޒާމް ކުރި އިވެންޓެކެވެ. މި އިވެންޓްގައި ދަރިވަރުންނަށް އެދާއިރާގެ އެކި އެކި މަސައްކަތްތަކާއި ގުޅޭ ގޮތުން ދާއިރާގެ ފުންނާބު އުސް ފަރާތްތަކުން ވަނީ މައުލޫމާތު ދެއްވާފައެވެ.

ހޮޓެލް ޖެންގެ ޑިރެކްޓަރ އޮފް ސޭލްސް މަރިޔަމް ޝަފިއްޔާ މައުލޫމާތު ދެއްވަނީ. ފޮޓޯ: ވީއައިއެޗްއެސް

މި އިވެންޓްގައި އެ ދާއިރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ދަރިވަރުންނަށް މައުލޫމާތު ހިއްސާކޮށްދެއްވީ އެމްއެންޔޫގެ ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓްޑީޒްގެ އެސޯސިއޭޓް ލެކްޗަރާ ހަޝްމާ އާދަމްއާއި ޖެން މޯލްޑިވްސް މާލެ ބައި ޝަންގްރިއްލާގެ ޑިރެކްޓަރ އޮފް ސޭލްސް ޝަފިއްޔާ ސްޓެއިންހިލްބަރއެވެ. މީގެ އިތުރުންވެސް ކޮންސްޓަންސް ހޮޓެލްސް އެންޑް ރިސޯޓްސް އެއަރޕޯޓް ސްޕަވައިޒަރ މުހައްމަދު ޝަރީފުވެސް މި އިވެންޓްގައި ދަރިވަރުންނަށް މައުލޫމާތު ވަނީ ދެއްވާފައެވެ.

އެމްއެންޔޫގެ ލެކްޗަރާ ހަޝްމާއާއިއެކު ދަރިވަރުން.  ފޮޓޯ: ވީއައިއެޗްއެސް

މި އިވެންޓް ކުރިއަށް ދިޔަގޮތް ބައްލަވާލެއްވުމަށްޓަކައި އެސްކޫލްގެ ޕްރިންސިޕަލް ސައީދު އަހުމަދު އެ ތަނަށް ޒިޔާރަތްކުރައްވާ އެއިވެންޓްގެ މައުލޫމާތު ވަނީ ހޯއްދަވާފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *