ފުވައްމުލަކު ސިޓީގައި ހުންނަ ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ގޮފިން އެ ރަށު ތިން ދަރިވަރަކު ގުރުއާން ހިފްޒުކޮށްފިއެވެ.
ހިފްޒުކުރި ދަރިވަރުންނަށް ސެޓްފިކެޓާއި އިނާމު ދިނުމަށް އެ ގޮފިންވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ. ހިފުޒު ކުރިކަމުގެ ސަނަދު ހާސިލުކުރި އެ ރަށުގެ ދަރިވަރުންނަކީ އެރަށު އަނޯވާ، ހޫދު މުހައްމަދާއި، މާވޭދެ، މުހައްމަދު އަނީސް ހުސައިންއާއި އަދި ހަމަ އެރަށު މާވިނަ ސަފިއްޔާ އަލިދީދިއެވެ. މިފަހަރުގެ ހިފުޒު ކޮމިޓީގައި ހިމެނުނު މެމްބަރުންނަކީ އެކޮމިޓީގެ ރައީސް އަލްގާރީ ހާފިޒު އަބްދުﷲ މުފީދާއި، އަލްހާފިޒާ އާމިނަތު ސައީދާއި އަދި އަލްހާފިޒު އަހުމަދު ނަސީމެވެ.
މި ރަސްމިއްޔާތުގައި ސިޓީ ކައުންސިލް މެމްބަރުންނާއި ދަރިވަރުންގެ އާއިލާތަކުން ބައިވެރިވިއެވެ.
ފުއައްމުލަކު ކައުންސިލުން ހާމަ ކުރާ ގޮތުގައި މިއީ ފުވައްމުލަކުގެ ގުރުއާނާބެހޭ މަރުކަޒުގެ ގޮފީގެ ފަރާތުން ހިފުޒު ކޮމިޓީއެއް އެކުލަވާލި ފުރަތަމަ ފަހަރެވެ. އަދި ކޮންމެ އަހަރަކުވެސް ހިފްޒު ކުލާހުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.
advertisment
ހިޔާލު