ފާއިތުވި އަހަރު، މެރިން ސައިންސް މާއްދާއަށް އެންމެ މޮޅު ސްކޫލްތަކަށް އެވޯޑްދީފިއެވެ.
2020 ވަނަ އަހަރު އޯލެވެލް އިންތިޙާނުގައި މެރިން ސައިންސް މާއްދާއިން އެންމެ މޮޅު ސްކޫލްގެ އެވޯޑް ހޯދީ ޖަމާލުއްދީން ސްކޫލުންނެވެ. ދެވަނަ ޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލުން ހޯދިއިރު، ތިންވަނަ ހޯދީ އަމީނިއްޔާ ސްކޫލުންނެވެ. މި ސްކޫލްތަކަށް އެވޯޑް ހަވާލުކޮށް ދެއްވީ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މާލެ އަތޮޅު ގާފަރުގައި ރޭ ބޭއްވި ޚާއްޞަ ޖަލްސާގައެވެ.
ޑިސެމްބަރު މަހުގެ 10 ވަނަ ދުވަސް މަސްވެރިންނަށް ޚާއްޞަކޮށްފައި ވާއިރު، މަސްވެރިކަމުގެ ސައިންސުގެ ދާއިރާއިން ދިރާސާ ކުރުމުގެ ރޮނގުން ޑރ. މުޙައްމަދު ޝިހާމް އާދަމަށް ވެސް ވަނީ އެވޯޑް ދެއްވާފައެވެ.
2019 ވަނަ އަހަރު ބޭއްވި ސާނަވީ އިމްތިޙާނުގައި މެރިން ސައިންސްއިން މުޅި ދުނިޔެއިން އެއްވަނަ ހޯދީ ޝަރަފުއްދީން ސްކޫލްގެ އައިޝާ ރަޒާ ނާޒިމެވެ.
advertisment
ހިޔާލު