އދ. އަތޮޅުގެ ޕްރިންސިޕަލުންގެ ބައްދަލުވުން ކާމިޔާބު ކަމާއެކު ނިއްމާލައިފި

އޮމަދު ސްކޫލް
ބައްދަލުވުމުގައި ބައިވެރިވި ޕްރިންސިޕަލުން- މިފަދަ ބައްދަލުވުން ތަކުން ކުރިމަގަށް ފައިދާކުރާނެ. ފޮޓޯ: އޮމަދޫ ސްކޫލް

އދ. އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ ބައްދަލުވުން ކާމިޔާބު ކަމާއެކު މިއަދު ނިއްމާލައިފިއެވެ.

ރޭ ފެށި މި ބައްދަލުވުން މިއަދު ނިއްމާލިއިރު އދ. އަތޮޅުގެ ހުރިހާ ރަށެއްގެ ޕްރިންސިޕަލުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. މި ބައްދަލުވުން އޮމަދޫ ސްކޫލްގައި ބޭއްވިއިރު، ބައްދަލުވުމުގެ ކަންތައްތައް އިންތިޒާމް ހަމަޖައްސާފައި ވަނީ އެ ސްކޫލުންނެވެ.

މި ބައްދަލުވުމުގައި ޕްރިންސިޕަލުން މަޝްވަރާ ކުރެއްވީ، ސްކޫލްތަކުގެ ކިޔަވައި ދިނުން ހަރުދަނާކޮށް، ސކޫލްތައް ގުޅިގެން ކިޔަވައި ދިނުމާގުޅޭ ގޮތުންނެވެ.

މި ބައްދަލުވުމުގައި ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލުން ބައިވެރިވެވަޑައިގެންނެވީ އޮންލައިން މެދުވެރިކޮށެވެ.

މި ބައްދަލުވުމުގައި ބައިވެރިވި ޕްރިންސިޕަލުން ވިދާޅުވީ، އޯލެވެލްގެ ނަތީޖާ، މިހާރަށްވުރެ ރަނގަޅު ކުރުމާ ގުޅޭ ގޮތުން ސްކޫލްތައް ގުޅިގެން ކުރެވިދާނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެވުނު ކަމަށެވެ.

އދ. އަތޮޅުގެ ދިހަ ރަށެއްގައި ސަރުކާރު ސްކޫލް ހިންގަމުން ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *