ރާއްޖޭގެ ސްކޫލްތަކުގެ ޢުމްރާނީ ތަރައްޤީއަށް، ފަސް ސްކޫލެއްގެ މަޝްރޫޢުތައް ފެށުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ދެފަރާތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫޢުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެޒްނާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށާއި ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއެވެ.

މި މަޝްރޫޢުތައް ފަށަން ހަމަޖެހިފައިވާ ސްކޫލުތަކަކީ، ސ.އަތޮޅު ސްކޫލު، އިރުޝާދިއްޔާ ސްކޫލް، އިހައްދޫ ސްކޫލް، ހާފިޒް އަހްމަދު ސްކޫލު އަދި އއ.އުކުޅަހު ސްކޫލެވެ.
ސ.އަތޮޅު މަދަރުސާގެ ހަ ކްލާސްރޫމް ޢިމާރާތް ކުރުމަށް ހަމިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު ސ.މަރަދޫ ފޭދޫ އިރުޝާދިއްޔާ ސްކޫލުގެ 12 ކްލާސްރޫމް ޢިމާރާތްކުރުމަށް ފަނަރަ މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވެއެވެ.

ލގަން އިހައްދޫ ސްކޫލުގައި ހަ ކްލާސްރޫމް ޢިމާރާތްކުރަން ހަމިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވާއިރު ޏ.ފުވައްމުލަކު ހާފިޒް އަޙްމަދު ސްކޫލުގެ 16 ކްލާސްރޫމެއް ޢިމާރާތްކުރުމަށް ޚަރަދުވަނީ ސާދަ މިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

މި ހަތަރު ސްކޫލުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވެޒްނާ ކޮމްޕެނީ ޕްރިއިވެޓް ލިމިޓެޑާއެވެ.
މި އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ރިޔާޒު އަދި ވެޒްނާ ކޮމްޕެނި ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަބްދުﷲ ހާނިސް މޫސާ އެވެ.
އއ.އުކުޅަހު ސްކޫލުގެ 8 ކްލާސްރޫމެއް ޢިމާރާތް ކުރުމަށާއި މަލްޓި ޕާރޕަސް ހޯލެއް ޢިމާރާތް ކުރުމުގެ މަސައްކަތަށް ހަތްމިލިއަނަށްވުރެ ގިނައިން ރުފިޔާ ޚަރަދުވާއިރު މި މަސައްކަތްކުރަން ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.
މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރ މޫސާ ނައީމް ސޮއިކުރައްވާފައިވާއިރު، ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ އަލީ އަހްލަމް ރުޝްދީއެވެ.
advertisment
ހިޔާލު