އިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް ރަސްމީކޮށް އިފްތިތާޙުކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
މި ހަފްލާ ޝަރަފްވެރިކޮށްދެއްވައި އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒު، އަދި އިސްލާމިކް އޮގަނައިޒޭޝަން ފޯ ކަލްޗަރ އެންޑް ސިވިލައިޒޭޝަން (އައިއޯސީސީ) ގެ އިސްލާމިކް އެޑްވައިޒަރީ ކައުސިލްގެ މެންބަރު ފަޟީލަތުއްޝައިޚު މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދުއެވެ.

އިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް ރަސްމީކޮށް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އިލްމު އިންސްޓިޓިއުޓް
މިޙަފްލާގައި އައިއޯސީސީގެ ރައީސް، އަދި އިލްމު އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ އިތުރުން، އިސްލާމީ މަރުކަޒުގެ ކުރީގެ އިމާމު، އަދި އައިއޯސީސީގެ އިސްލާމިކް އެޑްވައިޒަރީ ކައުންސިލްގެ ރައީސް ފަޟީލަތުއްޝައިޚު މުޙައްމަދު ލަޠީފާއި، އައިއޯސީސީއާއި ކޮއްކޮމެން ޕްރީ ސްކޫލްގެ އިސްވެރިންނާއި ޚާއްސަ މެހުމާނުން ބައިވެރިވެވަޑައިގެންނެވިއެވެ.
އިލްމު އިންސްޓިޓިއުޓް ޤާއިމުކުރެވިފައިވަނީ މ.އ. ކޮށީގެ ދެވަނަ ފަންގިފިލާގައެވެ.
އެތަނުގައި ފަސް ކުލާސްރޫމާއި ޤުރްއާނުގެ ޢިލްމު އުނގެނުމަށްޓަކައި ލައިބްރަރީއަކާއި ޚާއްސަ ލެބެއް ވަނީ ޤާއިމުކުރެވިފައެވެ.

އިލްމު އިންސްޓިޓިއުޓް ފޯ އިސްލާމިކް ސްޓަޑީސް ރަސްމީކޮށް ރޭ ހުޅުވާފައިމިވަނީ އެއިންސްޓިޓިއުޓުން 100 ހާފިޒުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް ފެށުމަށް ނިންމާފައިވާ ދަނޑިވަޅެއްގައެވެ. މި ޕްރޮގްރާމް 600 ދަރިވަރުންނާއެކު މި ހަފްތާ ބަންދުގައި ފެށޭނެކަން އެ އިންސްޓިޓިއުޓުން ވަނީ ހާމަކޮށްފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިވާން އަދިވެސް ގިނަ ބަޔަކު އެދެމުންދާކަމަށްވެސް އެ އިންސްޓިޓިއުޓުން ބުނެއެވެ. އެހެންކަމުން ޚާއްސަކޮށް ހަފްތާގެ ދުވަސްތަކުގައި ހެނދުނު ދަންފަޅިއަށް ރެޖިސްޓްރީވާން އަލުން ހުޅުވާލާނެކަމަށް އެ އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވަނީ ވިދާޅުވެފައެވެ.
މިމަޝްރޫޢަކީ ޙާފިޒުން އުފެއްދުމުގެ މަޝްރޫޢެއްގައި މިހާ ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވާ މިފަދަ މަޝްރޫޢުއަށްވާއިރު މި މަޝްރޫޢު ކުރިއަށްދާނީ އޮންލައިންކޮންނާއި ކްލާސްތަކަށް ހާޒިރުވެގެންނެވެ.
advertisment
ހިޔާލު