ގުރައިދޫ ސްކޫލް ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށްފި

ގުރައިދޫ ސްކޫލްގެ ކާމިޔާބީ ފާހަގަކުރުން. ފޮޓޯ : ގުރައިދޫ ކައުންސިލް

ކ ގުރައިދޫ ސްކޫލުގެ ދަރިވަރުންގެ ކާމިޔާބީ ފާހަގަ ކޮށްފިއެވެ.

34 ވަނަ ގައުމީ ގުރުއާން މުބާރާތުގައި އެ ސްކޫލް ތަމްސީލް ކުރާ ދަރިވަރުންނާއި 10 ވަނަ އަތޮޅު ގުރުއާން މުބާރާތުގައި ސްކޫލް ތަމްސީލްކޮށް ކާމިޔާބީ ހޯދައިދިން ދަރިވަރުންނަށާއި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި ރާޅާ އެޅުމުގެ މުބާރާތުގައި ބައިވެރިވެ ކާމިޔާބު ހާސިލްކުރި އެސްކޫލުގެ ދަރިވަރުންގެ ޝަރަފުގައި ސްކޫލުގައި ހާއްސަ އެސެމްބްލީއެއް ބާއްވައިފިއެވެ. އެދުވަހު އެ ދަރިވަރުން ސްކޫލަށް ހާޒިރުވިއިރު ސްކޫލުން މަރުހަބާކީ ސްކޫލުގެ ސީނިއާ މެނޭޖްމަންޓްގެ ބޭފުޅުންނާއި ޓީޗަރުންނެވެ.

ކޮންމެ އަހަރަކުވެސް ގުރައިދޫ ސްކޫލުން އަތޮޅު ގުރުއާން މުބާރާތުގައާއި ގައުމީ މުބާރާތުގައި ބައިވެރިވެއެވެ. އަދި ފާހަގަ ކޮށްލެވޭ މޮޅު ކާމިޔާބީ ހޯދާކަމަށް އެ ސްކޫލުން ބުނެއެވެ.  އެ ގޮތުން މިއަހަރުވެސް އެ ސްކޫލުން، ކ. އަތޮޅުގެ 10 ވަނަ ޤުރުއާން މުބާރާތުގައި ޖުމްލަ 26 ދަރިވަރަކު ބައިވެރިވެ ކިޔަވާފައިވެއެވެ.

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން ގުރައިދޫ ސްކޫލުގެ ލީޑިންގ ޓީޗަރ މަރިޔަމް އަރޫޝާ ވިދާޅުވީ މިއަހަރު އެ ދަރިވަރުންނަށް މުބާރާތް ރެކޯޑް ކުރުމުގައި ދަތިތަކަކާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އެއީ ދަރިވަރުންގެ ރިކޯޑިންގ ހަދަން ޖެހުމާއި އަދި ހިފްޒުކޮށް ކިޔަވާ ދަރިވަރުންނަށް އޮންލައިން ޕްލެޓްފޯމެއްގައި ކިޔަވަން ޖެހުން ހިމެނުމުންކަަމަށެވެ.

ގުރައިދޫ ސްކޫލްގެ ކާމިޔާބީ ފާހަގަކުރުން. ފޮޓޯ : ގުރައިދޫ ކައުންސިލް

ނަމަވެސް މި ގޮންޖެހުންތަކާއިއެކުވެސް އެ ސްކޫލުންވަނީ އަތޮޅު މުބާރާތުގައި ވާދަކޮށް މުޅި މުބާރާތުގެ ފަޚުރުވެރި 2 ވަނަ ހޯދާފައިކަމަށާއި އަދި މި މުބާރާތުގައި ވާދަކުރި ދަރިވަރުންގެ ތެރެއިން 11 ދަރިވަރުން 34 ވަނަ ގައުމީ ޤުރުއާން މުބާރާތުގައި ސްކޫލު ތަމްސީލުކޮށް ކިޔަވާނެކަމަށްވެސް ލީޑިންގ ޓީޗރ މަރިޔަމް އަރޫޝާ ވިދާޅުވިއެވެ.

ސީ ސްޕޯޓްސް ރަންނަމާރި ޗެލެންޖްގައި އެ ސްކޫލަށް ނިސްބަތްވާ ދެ ދަރިވަރަކު ވަނީ ބައިވެރިވެ ވާދަކޮށްފައެވެ.

އެ ދެ ދަރިވަރުންނަކީ ގުރޭޑް 7 ގެ ދަރިވަރު މުހައްމަދު އިނާން އަބްދުލް ހަންނާނާއި ގްރޭޑް 9ގެ ދަރިވަރު އަބްދުﷲ ފަހުދުއެވެ. އެ ގޮތުން މުހައްމަދު އިނާން، ސެމީ ފައިނަލުން އަދި ގައުމީ މުބާރާތުން ޖާގަ ހޯދާފައިވާއިރު ފަހުދުވަނީ ފުރަތަމަ ރައުންޑްގައި 1 ވަނަ، ޖޫނިއަރ ރައުންޑްގައި ހީޓްގެ 1ވަނަ، 2 ވަނަ ހީޓް އަދި 3 ވަނަ ހީޓްގައި 3 ވަނަ،  އަދި 3 ވަނަ ހީޓްގަ 3 ވަނަ ،4 ވަނަ ހީޓްގަ 2 ވަނަ ހޯދާފައެވެ. މި މުބާރާތުގެ ސެމީ ފައިނަލުގައި އެ ސްކޫލްގެ ގްރޭޑް 9 ގެ ދަރިވަރު އަބްދުﷲ ފަހުދު ވާދަކޮށްފައިވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *