ކޮވިޑް19އިން ރައްކާތެރިވުމަށް ސްކޫލް ވެކްސިނޭޝަން ޕްރޮގްރާމުގެ ދަށުން 90 އިންސައްތަ ދަރިވަރުން ވެކްސިން ޖަހައިފިއެވެ. 12 އަހަރުން މަތީގެ ދަރިވަރުންނަށް ވެކްސިން ޖަހަމުންދާއިރު، 218 ސްކޫލެއްގެ 36،029 ދަރިވަރުން ވަނީ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ. އަދި 217 ސްކޫލެއްގެ 32،358 ދަރިވަރުން ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފައެވެ.
ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރި ކުދިންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގެ 12،923 ދަރިވަރުންނާއި އަތޮޅުތަކުގެ 196 ސްކޫލެއްގެ 23،26 ދަރިވަރުންނެވެ.
ދެވަނަ ޑޯޒް ފުރިހަމަކޮށްފައި ވަނީ މާލެ ހިމެނޭ ސަރަހައްދުގެ 22 ސްކޫލެއްގެ 11،225 ދަރިވަރުންނާއި، އަތޮޅުތަކުގެ 195 ސްކޫލެއްގެ 21،133 ދަރިވަރުންނެވެ.
ސްކޫލް ވެކްސިނޭޝަން ޕްރޮގްރާމް ފެށިއިރު، އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނީ ވެކްސިން ދޭންޖެހޭ، 12 އަހަރުން މަތީގެ ދަރިވަރުންގެ އަދަދު 40،000 އަށް އަރާނެ ކަމަށެވެ.
ކޮވިޑްއާ ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅުތައް އެންމެ އެކަށީގެންވާ ގޮތުގައި އެޅި ތަންތަނުގެ ތެރޭގައި ސްކޫލްތައް ހިމެނެއެވެ.
advertisment
ހިޔާލު