ޕެރަ ގޭމްސްގެ ބެޑިމިންޓަނުން ބަންގުލަދޭޝް ބަލިކުރި އ ހައްވާ އީޝަލް ރިޔާޒަށް ހޫނު މަރުޙަބާއެއް ކިޔައިފިއެވެ. އީޝަލް ރާއްޖެއައުމުން މަރުޙަބާ ކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ވީއައިޕީ ލާންޗްގައެވެ.
ޕެރަ ގޭމްސް އޮތީ މިމަހުގެ ދެވަނަ ދުވަހުން ފެށިގެން ހަ ވަނަ ދުވަހަށް ބަހުރައިންގައެވެ.
ޕެރަ ގޭމްސްއިން ރާއްޖެއަށް ފުރަތަމަ މޮޅު ހޯދައިދިން ކުޅުންތެރިއަކަށް އީޝަލްއެވެ. ޕެރަ ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި އީޝަލް ކުރިހޯދީ ބަންގްލަދޭޝްގެ ޝޮރްމީ މޮޒުމަޑާރްގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދައިގެންނެވެ. މި މުބާރާތުގައި ބައިވެރިވީ ވެސް އީޝަލް އެކަންޏެވެ. އީޝަލް ސެޓްތައް ގެންދިޔައީ، 18-21 އާއި 13-21 އިންނެވެ.
އީޝަލްއަކީ އެހެން ކުދިންނަށް ހުރި ނަމޫނާ ދަރިވަރެއްކަމަށާއި އީޝަލްއަކީ ކޮންމެ ކަމަކާއި ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް ފަހަތަށް ނުޖެހި އެކަމަކާ ކުރިމަތިލާ ނަތީޖާ ނެރެން ބޭނުންވާ ދަރިވަރެއްކަމަށް އޭނާ ކިޔަވަމުން ގެންދާ ތާޖުއްދީން ސްކޫލުން ބުނެއެވެ.
މިއަހަރު ބޭއްވި ޕެރަ ލިމްޕިކްސްގައި މާޒިން އާއި ފާތިމަތު އަހުމަދު ވަނީ ބައިވެރިވެފައެވެ.
ހިޔާލު