އަހުމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލްގައި ކެމްބްރިޖް ޔަންގ ލާނަޒް އިންގްލިޝް ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމްގައި އެ ސްކޫލް ދަރިވަރުންގެ އިތުރުން އެހެން ސުކޫލްތަކުގެ ދަރިވަރުންނަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މި ޕްރޮގްރާމްގަައި ބައިވެރިވެވޭނީ 4 – 12 އަހަރާއި ދެމެދުގެ ދަރިވަރުންނަށެވެ.
މި ޕްރޮގްރާމަކީ އެލްކޭޖީ އަދި ޔޫކޭޖީގެ ދަރިވަރުންނަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި މިހާރުވެސް ސްޓާޓަރސް ސެޓްފިކެޓް އޮތް ކުދިންނަށް މޫވާސް ޕްރޮގްރާމްގައި ބައިވެރި ވެވޭނެއެވެ.
މި ޕްރޮގްރާމްގައި ކިޔަވާ ދެއްވާނީ ތަޖްރިބާ ހުރީ ޓީޗަރުންނެވެ. މި ޕްރޮގްރާމްގައި ތިން ލެވެލް އެއް އޮންނާނެއެވެ. އެއީ ވައިއެލްއީ ޕްރީ އޭވަން ސްޓާޓާސް، ވައިއެލްއީ އޭ ވަން މޫވާސް އަދި ވައިޓޫ އޭވަން ފްލެޔާސް އެވެ. މި ޕްރޮގްރާމްގައި ކިޔަވައި ދެއްވާނީ އިނގިރޭސީންނެވެ. މިފުރުސަތަކީ ދަރިވަރުނަށް ބައިނަލް އަގުވާމީ ފެންވަރުގެ އިނގިރޭސި ސެޓްފިކެޓެއް ހާސިލްކުރުމަށް ލިބިގެން ދިޔަރަނުގެ ފުރުސަތެކެވެ. ހަމައެއާއިއެކު މި ޕްރޮގްރާމްގެ ތެރެއިން އެކުދިންނަށް އެކި ހަރަކާތްތަކާއިއެކު އިމްތިހާނެއް ދެވިގެންދާނެއެވެ.
advertisment
ހިޔާލު