ބިލަބޮންގް ހައި އިންޓަރނޭޝަނަލް ސްކޫލްގެ ދަރިވަރުން ހަބީބު ބޭންކަށް ޒިޔާރަތްކޮށްފިއެވެ. އެ ސްކޫލުގެ، ސީނިއަރ ސްކޫލް އިނޮވޭޝަން އެންޑް އެންޓަޕްރައިޒަސް ކުލަބުގެ ދަރިވަރުން ހަބީބު ބޭންކަށް މިކުރި ޒިޔާރަތަކީ އެ ބޭންކުގެ އެކި ޑިޕާޓްްމަންޓްތަކުގައި ފައިސާގެ މުއާމަލާތްތަށް ކުރާގޮތް ބަލާލުމަށް ކުރި ޒިޔާރަތެކެވެެ.

މި ޒިޔާރަތުގައި ހަބީބު ބޭންކުން ދޭ ފައިސާގެ އެކި ހިދުމަތްތަކާއި ގުޅޭގޮތުން ވަނީ މައުލޫމާތު ހޯދާފައެވެ. އަދި ކަސްޓަމަރުންނަށް ފައިސާގެ ހިދުމަތް ފޯރުކޮށްދޭއިރު އެފަރާތްތަކުގެ ޒިންމާތަކާއި ހައްގުތަކުގެ މައުލޫމާތުވަނީ އެ ބޭންކުން ދަރިވަރުންނަށް ކިޔައިދީފައެވެ. މިފަދަ ޕްރޮގްރާމްތަކުގެ ސަބަބުން މި ދާއިރާއަށް ޝައުގު ހުންނަ ކުދިންނަށް ދާއިރާގެ ގިނަ މައުލޫމާތުތަކެއް ލިބިގެން ދާކަމަށް އެ ސްކޫލުން ބުނެއެވެ.

މި ޒިޔާރަތުގައި ފައިނޭންޝިއަލް ބޭންކިންްގެ ހިދުމަތްތަކާއި ގުޅޭ ގިނަ މައުލޫމާތުތަކެއް ވަނީ ހޯދާފައެވެ. މީގެ އިތުރުން ބައިނަލްއަގްވާމީ ގޮތުންނާއި ގައުމީ ފެންވަރުގައި ފައިސާގެ މުއާމަލާތްކުރާ ގޮތްތަކާއި ގުޅޭ ގިނަ މައުލޫމާތުތަކެއް އެ ބޭންކުން އެ ދަރުވަރުންނަށް ވަނީ ފޯރުކޮށްދީފައެވެ.
advertisment
ހިޔާލު