ޕެރަ ގޭމްސްއިން ރާއްޖެއަށް ފުރަތަމަ މޮޅު ހޯދައިދިން ކުޅުންތެރިއަކަށް ހައްވާ އީޝަލް ރިޔާޒު ވެއްޖެއެވެ. ޕެރަ ގޭމްސްގެ ބެޑްމިންޓަން އިވެންޓުގައި އީޝަލް ކުރިހޯދީ ބަންގްލަދޭޝްގެ ޝޮރްމީ މޮޒުމަޑާރްގެ މައްޗަށް ސީދާ ދެ ސެޓުން ކުރިހޯދައިގެންނެވެ. މި މުބާރާތުގައި ބައިވެރިވީ ވެސް އީޝަލް އެކަންޏެވެ. އީޝަލް ސެޓްތައް ގެންދިޔައީ، 18-21 އާއި 13-21 އިންނެވެ.
އީޝަލްގެ މިކާމިޔާބީއާ ގުޅިގެން ބެޑްމިންޓަން އެސޯސިއޭޝަނާއި ސްޕޯޓްސް މިނިސްޓަރު ވަނީ މަރުޙަބާ ދަންނަވާފައެވެ.

އީޝަލްއަކީ އެހެން ކުދިންނަށް ހުރި ނަމޫނާ ދަރިވަރެއްކަމަށާއި އީޝަލްއަކީ ކޮންމެ ކަމަކާއި ކުރިމަތިލާން ޖެހުނު ކަމުގައި ވިޔަސް ފަހަތަށް ނުޖެހި އެކަމަކާ ކުރިމަތިލާ ނަތީޖާ ނެރެން ބޭނުންވާ ދަރިވަރެއްކަމަށް އޭނާ ކިޔަވަމުން ގެންދާ ތާޖުއްދީން ސްކޫލުން ބުނެއެވެ.
ބަހްރޭންގައި ކުރިއަށްދާ ޕެރަ ގޭމްސް މާދަމާގެ ނިޔަލަށް ކުރިއަށް ދާނެއެވެ.
މިއަހަރު ބޭއްވި ޕެރަ ލިމްޕިކްސްގައި މާޒިން އާއި ފާތިމަތު އަހުމަދު ވަނީ ބައިވެރިވެފައެވެ.
advertisment
ހިޔާލު