އިލްމު އިންސްޓިޓިއުޓްގެ ފަރާތުން އިޢުލާންކުރި 100 ޙާފިޒުން އުފެއްދުމުގެ މަޝްރޫޢުގެ މިހަފްތާ ބަންދުގެ ތެރޭގައި ފެށިގެންދާނެކަަމަށް އެ އިންސްޓިޓިއުޓްގެ އިސް ވެރިއެއްގެ ގޮތުގައި މިހާރު ހުންނެވި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
600 ދަރިވަރުންނާއެކު މި މަޝްރޫޢުފަށަން ހަމަޖެހިފައިވާއިރު ކްލާސްތަކުން ޖާގަ ހޯދަން ގިނަ ފަރާތްތަކަކުން އަދިވެސް އެދެމުންދާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.
އެހެންކަމުން ޚާއްސަކޮށް ހަފްތާގެ ދުވަސްތަކުގައި ހެނދުނު ދަންފަޅިއަށް ރެޖިސްޓްރީވާން އަލުން ހުޅުވާލާނެކަމަށް ވިދާޅުވިއެވެ.
މިމަޝްރޫޢަކީ ޙާފިޒުން އުފެއްދުމުގެ މަޝްރޫޢެއްގައި މިހާ ގިނަ ޢަދަދެއްގެ ދަރިވަރުން ބައިވެރިވާ މިފަދަ މަޝްރޫޢުއަށްވާއިރު މި މަޝްރޫޢު ކުރިއަށްދާނީ އޮންލައިންކޮންނާއި ކްލާސްތަކަށް ހާޒިރުވެގެންނެވެ.
ޑރ. ޝަހީމް ވިދާޅުވީ ކްލާސްތައް ބޭއްވިގެންދާނީ އޭސީ ކުރެވިފައިވާ ފުރިހަމަ މާޙައުލެއްގައިކަމަށެވެ.
އެއިން ކޮންމެ ކުލާސްރޫމެއްގައި ސްމާރޓް ބޯޑު ބެހެއްޓިފައި ހުންނާނެކަމަށާއި އަދި ރާގު ދަސްކޮށް ޤާރީންގެ ކިޔެވުން އަޑު އެހުމަށް ޚާއްސަ ލެބެއް ޤާއިމްކުރެވިފައިވާއިރު ޚާއްސަ ލައިބްރަރީއެއްވެސް ޤާއިމުކުރެވިފައިވާނެކަމަށް ވިދާޅުވިއެވެ.
ޤުރުއާންގެ ޢިލްމު އުނގެނުމަށް ރާއްޖޭގައި މިހާތަނަށް ޤާއިމުކުރެވޭ އެންމެ ފުރިހަމަ މާޙައުލަށް ޢިލްމު އިންސްޓިޓިއުޓް ވެގެންދިއުމަކީ އުންމީދުކަމަށްވެސް ޑރ ޝަހީމް ވިދާޅުވިއެވެ.
ޕްރޮގްރާމްގައި ކިޔަވައިދެއްވާނީ އަންހެން ދަރިވަރުންނަށް އަންހެން މުދައްރިސުން އަދި ފިރިހެން ދަރިވަރުންނަށް ފިރިހެން މުދައްރިސުންކަމަށްވެސް އިލްމު އިންސްޓިޓިއުޓް ފޮރ އިސްލާމިކް ސްޓަޑީޒް ބުނެއެވެ.
advertisment
ހިޔާލު