ބުރޫޖު ޕްރީ ސްކޫލްގެ 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފި

ބުރޫޖު ޕްރީ ސްކޫލްގެ 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން. ފޮޓޯ: ބުރޫޖް ޕްރީ ސްކޫލް

ބުރޫޖު ޕްރީ ސްކޫލްގެ 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާ ބާއްވައިފިއެވެ.

މި ޖަލްސާގައި 2020 ވަނަ އަހަރު އެ ސްކޫލްގެ ފަރާތުން ހިންގުނު ތަފާތު ހަރަކާތްތަކުގައި ބައިވެރިވި ދަރިވަރުންނަށާއި ކޮންމެ މުބާރާތަކުންވެސް ވަނަ ވަނައަށް އައި ދަރިވަރުންނަށް އިނާމު ދީފައިވެއެވެ. މި ޖަލްސާގައި ދަރިވަރުންނަށް އިނާމްތައް ބައްސަވައިދެއްވީ އެ ސްކޫލަށް ދިގުމުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ، އެހެން ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން އެކި ސަބަބުތަކާހުރެ ވަޒީފާއިން ވަކިވެފައި ތިއްބެވި ޚިދުމަތްތެރީންނެވެ.

ބުރޫޖު ޕްރީ ސްކޫލްގެ 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން. ފޮޓޯ: ބުރޫޖް ޕްރީ ސްކޫލް

މީގެ އިތުރުން އެ ސްކޫލުން ހިންގި ނަމާދު، ދުއާ އަދި ހިފުޒު ޕްރޮގްރާމުން އިނާމު ހާސިލުކުރި ދަރިވަރުންނަށްވެސް ތަށްޓާއި ހަދާނީ ލިޔުން ދީފައިވެއެވެ. އަދި ދިވެހި އަދަބީ ހަފްތާ، އިންގްލިޝް ލިޓެރަރީ ހަފްތާ، ގުރުއާން މުބާރާތް އަދި މަދަހަ މުބާރާތުން ވަނަވަނައައި ދަރިވަރުންނަށާއި މުބާރާތްތަކުގައި ބައިވެރިވި ހުރިހާ ދަރިވަރުންނަށް ވަނީ އިނާމު ދީފައެވެ.

ބުރޫޖު ޕްރީ ސްކޫލްގެ 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން. ފޮޓޯ: ބުރޫޖް ޕްރީ ސްކޫލް

ދަރިވަރު ނޫހަށް މައުލޫމާތު ދެއްވަމުން އެ ސްކޫލްގެ ޕްރިންސިޕަލް ރިޒާނާ އަހުމަދު ހަމީދު ވިދާޅުވި ގޮތުގައި މި ގޮތަށް އިނާމު ދިނުމުގެ މައިގަނޑު މަގްސަދަކީ ވަކި ކުއްޖެއް ތަފާތު ކުރުމެއް ނެތި ހުރިހާ ދަރިވަރުންގެ ހުނަރުތައް ތަރައްގީ ކުރުވާ ކުރިއެރުވުމަށް ފުރުސަތު ދިނުމުގެ އިތުރުން ދަރިވަރުން ކަންކަމުގައި ކުރިޔަށް ދިއުމަށް އިތުރު ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

ބުރޫޖު ޕްރީ ސްކޫލްގެ 2020 ވަނަ އަހަރުގެ އިނާމު ދިނުމުގެ ޖަލްސާގެ ތެރެއިން. ފޮޓޯ: ބުރޫޖް ޕްރީ ސްކޫލް

ބުރޫޖު ޕްރީސްކޫލްއަކީ ކޮންމެ އަހަރަކުވެސް ދަރިވަރުނަށް ގިނަ ހަރަކާތްތަކެއްގެ ހިންގަމުން އަންނަ ސްކޫލެކެވެ. މިސްކޫލަކީ އެއްފުރާޅެއްގެ ދަށުގައި ޑޭކެއަރ ސެންޓަރަކާއި، ޓިއުޝަން އަދި ގުރުއާން ކުލާހެއް ހިންގަމުން އަންނަ ސްކޫލެކެވެ. އެ ގުރުއާން ކުލާހުގައި ގުރުއާން މުބާރާތްތައް ކުރިއަށް ގެންދިއުމާއި، ނަމާދު ޕްރޮގްރާމާއި ހިފްޒު ކުލާހާއި މަދަހަ މުބާރާތަތައްވެސް ކުރިއަށް ގެންދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *