ހއ ކެލާ ޝައިޚް އިބްރާހިމް ސްކޫލްގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ފެތުމުގެ ޕްރޮގްރާމް ނިންމާލައިފިއެވެ.
މި ޕްރޮގްރާމަކީ ކެލާ ޕޮލިސް ސްޓޭޝަންއާއި އެ ސުކޫލް ގުޅިގެން ކުރިއަށް ގެންދިޔަ ފަތަން ދަސްކޮށްދިނުމުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރަމްގައި އެ ސްކޫލްގެ 99 ދަރިވަރަކު ބައިވެރިވެ 95 ދަރިވަރުން ވަނީ މި ޕްރޮގްރާމް ފުރިހަމަ ކޮށްފައެވެ. މި ޕްރޮގްރާމްގެ ސްވިމިންގ އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވީ ސީނިއަރ ސާޖަންޓް މޫސާ ރަޝީދާއި ސީނިއަރ ސާޖަންޓް އަހުމަދު ޝަފީގެވެ. މި ޕްރޮގްރާމުން ވަނަ ވަނައަށް ދިޔަ ބައިވެރިންނަށް ސެޓްފިކެޓް ވަނީ ހަވާލުކޮށްފައެވެ. މި ސެޓްފިކެޓް ހަވާލުކޮށްދެއްވީ ހއ އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް މުއީނެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އަތޮޅު ކޮމާންޑަރ މުއީން ވިދާޅުވީ މި ޕްރޮގްރާމް ކާމިޔާބު ކަމާއެކު ނިންމާލެވުނީ އެސްކޫލްގެ ބެލެނިވެރިންގެ އެހީތެރިކަމާއި އެއްބާރުލުމާއެކުގައިކަމަށެވެ. އެކަމަށްޓަކައި އެފަރާތްތަކަށް ވަނީ ޝުކުރު އަދާ ކުރައްވާފައެވެ. އަދި ކޮންމެ ދަރިވަރަކުވެސް ކްލާހުގައި މުދައްރިސުން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް އަމާލުކޮށް ރަނގަޅު ނަތީޖާއެއް ކިޔެވުމުގައި ނެރުމަށް މަސައްކަތް ކުރުމަށް ދަރިވަރުންގެ ކިބައިން ވަނީ ނަސޭހަތްތެރިވެފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެ ސްކޫލްގެ ޕްރިންސިޕަލް މުހައްމަދު ފަޔާޒް ވިދާޅުވި މި ޕްރޮގްރާމް މިހާ ކާމިޔާބު ކަމާއިއެކު ނިންމާލެވުނީ ކެލާ ޕޮލިސް ސްޓޭޝަންގެ ވަރަށް ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުމާއިއެކުކަމަށާއި އެފަރާތަށް ޝުކުރު އަދާކުރައްވާކަމަށެވެ. އަދި ވަކިން ހާއްސަކޮށް މި ޕްރޮގްރާމްގެ އިންސްޓަރަކްޓަރުންނަށް ވަނީ ޝުކުރުއަދާކުރައްވާފައެވެ.
advertisment
ހިޔާލު