އިމާދުއްދީން ސުކޫލްގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ދުވަސް ކުލަގަދަ ފާހަގަކޮށްފިއެވެ.
އިމާދުއްދީން ސްކޫލުން ވަނީ އެ ދުވަހަށް ސްކޫލު ޒީނަތްތެރިކޮށް އެކުދިނަށް ހާއްސަ މަރުހަބާއެއް ކިޔާފައެވެ.

ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިޔަ އިރު އެ ސްކޫލްގެ ޖުއެލް ސެންޓަރގެ ކުދިންނަށް ތަފާތު ކުޅިވަރުގެ ގިނަ ހަރަކާތްތަކެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް އަލީ މަމްދޫހު ވިދާޅުވީ އެ ސްކޫލުން އަބަދުވެސް އެދެނީ އެ ފަދަ ކުދިންނަކީ މުޖްތަމައުގެ ހުރިހާ ފަރާތްތަކުންވެސް ބަލައިގަންނަ އަދި މުޖުތަމައުގެ ކޮންމެ މީހަކަށް އެކުދިން ފެނުމުން ހިތަށް އުފާވެރިކަން ގެނުވާ ފަދަ ކުދި ބަޔަކަށް އެކުދިންވުންކަމަށެވެ. އަދި އެންމެން ގުޅިގެން ކުރާ މަސައްކަތުން މާތްﷲގެ ވާގިފުޅާއިއެކު އެކުދިންނަކީވެސް އެތަށް ފުރުސަތެއް ލިބި ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައިވެސް އެތައް ދޮރެއް ހުޅުވިގެންދާނެ ކުދިބަޔަކަށް ވާނެކަމަށް ވިދާޅުވިއެވެ.

މި ހަރަކާތަށް އެކި ގޮތްގޮތުން އެކި ފަރާތްތަކުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެ ގޮތުން މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު، ރޮބޯމޭން، މޯލްޑިވްސް ވޭވް، ކޭއެފްސީ، ޕިއްޒާހަޓް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް އަދި ޔުނިސެފް އޮފް މޯލްޑިވްސްގެ ޕްރޮގްރާމް ސްޕެޝަލިސްޓް މަޒީނާ ޖަމީލްއަށް ވަރަށް ހާއްސަ ޝުކުރެއް އެސްކޫލުން ވަނީ ރައްދުކޮށްފައެވެ.

އިމާދުއްދީން ސްކޫލުގައި ފާހަގަކުރި ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ދުވަހަކީ އެ ސްކޫލުގައި ކިޔަވާ އެފަދަ ކުދިންނަށް ވަރަށް އުފާވެރި މަޖާ ދުވަހެއްގެ ގޮތުގައި ފާހަގަވެގެން ދިޔަކަމަށް އެ ސްކޫލުން ބުނެއެވެ.
advertisment
ހިޔާލު