ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގު ވަޒަންކުރުމަށް ދޭ ރިވެލި އެވޯޑް ހަ ފަރާތަކަށް، ރިވެލި ތަރި އެވޯޑް ހަތް ފަރާތަކަށް ދީފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކިބައިގައި ހުރި ތަފާތު ހުނަރުތައް ދައްކާލާ، އަދި އެފަރާތްކަށް ހިތްވަރުދީ، ކުރިއެރުވުމުގެ މަގުސަދުގައި މިރޭ އެވޯޑް ދިން ހަތް ފަރާތަކީ:
- މުނިފޫހިފިލުވުމުގެ ދާއިރާއިން އަޔާން އާލް ބިން އަޙްމަދު ނާޞިރް، މ. އަބާނާ / ކ.މާލެ
- ކުޅިވަރުގެ ދާއިރާއިން، ފާޠިމަތު އިބްރާހީމް – ކާނިމާގެ، ޅ. ހިންނަވަރު
- ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން – އަޙްމަދު ސާދިން، ރިޙާބު / ށ. ގޮއިދޫ
- ކުރެހުމާއި އުފެއްދުންތެރިކަމުގެ ދާއިރާއިން – ޙުސައިން ސާލިމް، ތެމާ / ހއ. އިހަވަންދޫ
- ތަޢުލީމީ ދާއިރާއިން – ރަޔާން ރިޔާޟް ޢަބްދުލްވާޙިދު، ވަފާ /ހއ. އިހަވަންދޫ
- ތަޢުލީމީ ދާއިރާއިން – މުޙައްމަދު މާޢިޒު، ދުންތަރި / ހއ. އިހަވަންދޫ
- ސްކޫލް ކެޓެގަރީ އިން – އިމާދުއްދީން ސްކޫލް

މީގެއިތުރުން ރިވެލި އެވޯޑަ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލާއި ގުޅިގެން ކޮންމެ ދެއަހަރުން އެއް އަހަރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެމީހުންގެ ލާބަޔަށް މަސައްކަތްކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުންދާ އެވޯޑެކެވެ.
މި އެވޯޑް މި އަހަރު ލިބުނީ:
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދާއިރާއިން، އަހުމަދު ސާދިން، ރިހާބު / ށ.ގޮއިދޫ
- ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދާއިރާއިން، މުޙައްމަދު ޔަމާމް، ގ.ޖަނަވަރީމާގެ
- އެކިގޮތްގޮތުން ރީތިނަމާއި، ކާމިޔާބީތައް ހޯދާފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، ކުދިންގެ ދާއިރާއިން އަލްހާފިޒު މުޙައްމަދު އަޝްހަމް ޢަލީ، މއ.އަރިވަރު
- ފަންނީ އަދި ފަރުދީގޮތުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން އަޙުމަދު އާތިފް، ޝަބްނަމްގެ
- ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހާލަތު ރަނގަޅުކުރުމަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
- ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ތަޢުލީމު ފޯރުކޮށްދިނުމުގެ ދާއިރާއިން ޖަމާލުއްދީން ސްކޫލް
advertisment
ހިޔާލު