އދ. އާއްމު މަޖިލީހުގެ ނަމޫނާ ބައްދަލުވުމެއް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ބާއްވައިފިއެވެ. މީގެ ކުރިންނ މިފަދަ ބައްދަލުވުންތައް ކުރީގެ އީޕީއެސް ސްކޫލުން ވަނީ ދަރިވަރުންނަށް ކުރިއަށް ގެންގޮސްފައެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އދ. ގެ ނަމޫނާ މި ބައްދަލުވުމުގައި އެ ސްކޫލްގެ ގުރޭޑް ހަތަކާއި އަށެއްގެ ދަރިވަރުން 63 ގައުމެއް ތަމްސީލު ކުރިއެވެ.
މި ބައްދަލުވުމަށް 33 ގައުމަކުން ވަނީ ކަރުދާސް ހުށަހަޅާފައެވެ. މި ކަރުދާސްތައް ހުށަހެޅީ އެ ގައުމުތައް ތަމްސީލު ކުރި ދަރިވަރުން އަމިއްލައަށް ދިރާސާ ކުރުމަށްފަހުއެވެ.
އދ. އާއްމު މަޖިލީހުގެ ނަމޫނާ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓީ ގްރޭޑް 11 ސީ ގެ ދަރިވަރު އަންޖަލް މުޙައްމަދު ޢަގީލެވެ. ސެކްރެޓަރީ ޖެނެރަލަކީ، ގްރޭޑް 11 ސީގެ މަރިޔަމް ނައިސަމް ސަޢީދެވެ.
އދ. ގެ އާންމު މަޖިލީހުގެ ނަމޫނާ ބައްދަލުވުންތަކެއް މި އަހަރުގެ ތެރޭގައި ބައެއް ސްކޫލްތަކުގައި ވަނީ ބާއްވާފައެވެ. އެ ބައްދަލުވުންތައް ބޭއްވީ އދ. ގެ އާންމު މަޖިލީހުގެ ރިޔާސަތާ ރާއްޖޭގެ ފޮރިންމިނިސްޓަރު، އަބްދުﷲ ޝާހިދު ހަވާލުވެވަޑައިގެންނެވުމާ ދިމާކޮށް އެކަން ފާހަގަކުރުމުގެ ގޮތުންނެވެ.
advertisment
ހިޔާލު