އެނދުމަތިވެފައި ތިބި ކުދިންނަށް އާކްއިން އެނދު ހަދިޔާކޮށްފި

ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ތެރެއިން އެނދުމަތިވެފައި ތިބި ކުދިންނަށް ހޮސްޕިޓަލް އެނދުގެ 20 އެނދު އާކްއިން ހަދިޔާކޮށްފިއެވެ. ކުޑަކުދިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އާކްއިން ވަނީ  ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި އެފަދަ ކުދިންނާ ހަވާލުކުރަންް،  20 އެނދު، އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފައެވެ.

އެ ޖަމްޢިއްޔާއިން ވަނީ ހުޅުމާލޭ ޣާޒީ ސްކޫލުގެ ދަރިވަރަކަށްވެސް އެނދެއް ހަވާލުކޮށްފައެވެ. އެ ޖަމްޢިއްޔާއިން ބުނީ މި އެނދުތަކުގެ ސަބަބުން އެކުދިންގެ އާއިލާތަކަށާއި އެކުދިންނަށް އުނގަންނައިދޭ ޓީޗަރުންނަށްވެސް ފަސޭހަވެގެން ދާނެކަމަށެވެ.

އަދި މި ހަދިޔާގެ ސަބަބުން އެފަދަ ކުދިންގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެކަމަށް އުންމީދުކުރާކަމަށްވެސް އާކްއިން ބުނެއެވެ.

މި އެނދުތައް ހަދިޔާކޮށްފައިވަނީ ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ.

 

 

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *