އިންޑިއަން އޯޝަންގެ އެންމެ މޮޅު ކަލިނަރީ އިންސްޓިޓިއުޓަކަށް ދިވެހި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ހޮސްޕިޓާލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް (އެފްއެޗްޓީއެސް) ހޮވިއްޖެއެވެ.
އެފްއެޗްޑީއެސްއަށް މި އެވޯޑް ލިބުނުކަން، އިއުލާން ކުރީ ފާއިތުވި އަންގާރަ ދުވަހުއެވެ.
ވޯލްޑް ކަލިނަރީ އެވޯރޑްސްގެ "އިންޑިއަން އޯޝަން" ކެޓެގަރީން އެފްއެޗްޑީއެސްއަށް އެވޯޑް ލިބުނީ ސީޝެލްސް އާއި މޮރިޝަސްގެ ދެ އިންސްޓިޓިއުޝަނަކާ ވާދަކޮށެވެ.
2020 އަހަރުން ފެށިގެން ވޯރލްޑް ކަލިނަރީ އެވޯރޑްސް ދޭން ފަށާފައިވާއިރު، މި އެވޯޑަށް ނޮމިނޭޓް ކުރުމުގައި ކެއްކުމުގެ ދާއިރާއިން މީހުން ބިނާކުރުމުގައި ކުރަމުންދާ މަސައްކަތްތަކުގެ އިތުރުން އެ ދާއިރާއިން ހޯދާފައިވާ ފާހަގަކޮށްލެވޭ ކާމިޔާބީތަކާއި ކުރިއެރުންތައް ވަޒަން ކުރެއެވެ. އަދި ކެއްކުމުގެ ދާއިރާއަށް އަމާޒުކޮށް ތަފާތު ކޯސްތައް ހިންގަމުން ދިއުމާއި، ޤައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ތަފާތު ވައްތަރުގެ ކެއްކުމުގެ މުބާރާތްތަކުގައި ބައިވެރިވެ، ހޯދާފައިވާ ކާމިޔާބީތަކަށް ބަލައެވެ.
ސެޓްފިކެޓް ލެވެލްއިން ފެށިފެން މާސްޓަރސް ފެންވަރަށް މިހާރު ކިޔަވައިދޭ އެފްއެޗްޑީއެސްއަކީ ރާއްޖޭގައި ހޮސްޕިޓަލި ދާއިރާއިން މީހުން ބިނާކުރާ އެންމެ ދުވަސްވީ އެންމެ ބޮޑު މަރުކަޒެވެ. 1987 ވަނަ އަހަރު އުފެދުނު އެ މަރުކަޒުން މިހާރު، އަހަރެއްގެ މައްޗަށް ހަ ސަތޭކައެންހާ ދަރިވަރުން ތަމްރީނު ކުރެއެވެ.
advertisment
ހިޔާލު