އޯލެވެލްއިން އެންމެ ރަނގަޅު ނަތީޖާ ލިބުނީ 2019 ވަނަ އަހަރު: އަހުމަދިއްޔާ

އަހުމަދިއްޔާ ސްކޫލް
އަހުމަދަދިއްޔާ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވާހަކަދައްވަނީ: އިމްތިާނުތަކުން ހޯދާ ނަތީޖާ ދަނީ މަތިވަމުން- ފޮޓޯ: އަހުމަދިއްޔާ ސްކޫލް

އޯލެވެލް އިމްތިޙާނުގައި މިހާނަތަނަށް އެންމެ ރަނގަޅު ނަތީޖާއެއް ލިބުނީ 2019 ވަނަ އަހަރުގައި ކަމަށް އަހުމަދިއްޔާ ސްކޫލުން ބުނެފިއެވެ.

އޯލެވެލްއާއި އޭލެވެލްގައި އަހުމަދިއްޔާއަށް ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވީ އެ ސްކޫލަށް މިކާމިޔާބީ ހާސިލު ކުރުމުގައި ވަރަށް ގިނަ މުދައްރިސުންގެ ވަރަށް ބުރަ މަސައްކަތް ކުރައްވާފައިވާ ކަމަށެވެ.

އަހުމަދިއްޔާ ސްކޫލް

" އަހްމަދިއްޔާ ގެ ތާރީޚްގައި މިހާތަނަށް އޯލެވެލް އިމްތިހާނުން ލިބުނު އެންމެ ރަނގަޅު ނަތީޖާ އަޅުގަނޑުމެންނަށް މިވަނީ 2019 ވަނަ އަހަރުލިބިފައި." ޕްރިންސިޕަލް މުޙައްމަދު ރަޝީދު ވިދާޅުވިއެވެ.

އަހްމަދިއްޔާގެ 50 ދަރިވަރުން ވަނީ 2019 ވަނަ އަހަރު ބޭއްވި އޯލެވެލް އިމްތިހާނުގެ ގަދަ 10ގައި ހިމެނިފައެވެ. އަދި އޭގެ ތެރެއިން ތިން ދަރިވަރަކުވަނީ އަށް މާއްދާއިން އޭ ސްޓާރ ހޯދައިގެން މުޅި ރާއްޖެއިން އެއްވަނަ ވެސް ޙާޞިލްކޮށްފައެވެ.

މި ހަފުލާފައި ވަނީ އެސްއެސްސީ ، އެޗްއެސްސީ އިމްތިހާނާއި އޯލެވެލް ، އޭލެވެލް އިމްތިހާނުން 90 އިންސައްތައަށްވުރެ މަތީ ނަތީޖާއެއް ހޯއްދަވައިދެއްވި މުދައްރިސުންނަށް އެވޯޑް ދީފައެވެ. މި ހަފުލާ ޝަރަފުވެރިކޮށް ދެއްވީ މިނިސްޓްރީ  އޮފް އެޑިޔުކޭޝަންގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް އިބްރާހީމް އާސިފް ރަޝީދެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *