ތިނަދޫ ކައުންސިލުގެ ޤުރުއާން މުބާރާތް 300 އަށްވުރެ ގިނަ ބައިވެރިންނާއިއެކު ފަށައިފި

ތިނަދޫ ކައުންސިލުން ބާއްވާ ގުރުއާން މުބާރާތް 300 އަށްވުރެ ގިނަ ބައިވެރިންނާއިއެކު ފަށައިފިއެވެ.

ތިނަދޫ ކައުންސިލްގައި ކުރިއަށްދާ މި މުބާރާތް ކުރިއަށްދާނީ ޑިސެމްބަރު މަހުގެ ދޭކުން ފަހެއްގެ ނިޔަލަށެވެ.

ތިނަދޫ ކައުންސިލް ގުރުއާން މުބަރާތުގެ ތެރެއިން / ފޮޓޯ ތިނަދޫ ކައުންސިލް

މިއީ ކޮންމެ އަހަރަކުވެސް އެ ކައުންސިލުން އިސްނަގައިގެން އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މުބާރާތެކެވެ. މި މުބާރާތުގައި ސުކޫލްތަކާއި ޕްރީ ސުކޫލްތަކާއި އަދި ރަށުގައި ދިރިއުޅޭ އެހެން ރަށްތަކުން ވެސް ކުދިން ބައިވެރިވާނެއެވެ.

މުބާރާތުގެ ތެރެއިން ބައިވެރިޔަކު ކިޔަވަނީ / ފޮޓޯ ތިނަދޫ ކައުންސިލް

ދަރިވަރު ނިއުސްއަށް މައުލޫމާތު ދެއްވަމުން ގދ ތިނަދޫ ކައުންސިލްގެ އެސިސްޓެންޓް ކައުންސިލް އޮފިސަރ އާރިފު ހުސައިން ވިދާޅުވީ މި މުބާރާތަށް ކޮންމެ އަހަރަކު ވެސް ބޮޑު ތަރުހީބެއް ލިބޭ ކަމަށާއި މި މުބާރާތުގައި ބަލައިގެންނާއި ނުބަލާ ކިޔުމުން އެއްވަނައަށްދާ ފަރާތްތަކަށް އުމްރާ ދަތުރެއް ލިބޭނެ ކަމަށެވެ. އަދި އެހެނިހެން ވަނަތަކަށް ހޮވޭ ފަރާތްތަކަށް ހަދާނީ ލިޔުމާއި ޓޮރޮފީ އަދި ފައިސާގެ އިނާމު ދޭން ނިންމާފައިވާ ކަމަށެވެ.

މުބާރާތުގެ ފަނޑިޔާރުން މުބާރާތަށް އިންސާފުކޮށްދެއްވަނީ / ފޮތޯ ތިނަދޫ ކައުންސިލް

މި މުބާރާތުގެ މައިގަނޑު މަޤސަދަކީ ކުދިންނާއި އާއްމުންގެ ހިތްތަކުގައި ގުރުއާނަށް ލޯބި ޖެއްސުމާއި ޤުރުއާން ކިޔެވުމުގެ ޝައުގު އިތުރުކުރުން ކަމަށް ތިނަދޫ ކައުންސިލުން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *